ރެއާލް މެޑްރިޑުން ކާމިޔާބީ ފާހަނގަކުރަނީ

ކުޅިވަރު

ރެއާލުން 35 ވަނަ ފަހަރަށް ސްޕެނިޝްލީގުގެ ތަށި ކާމިޔާބުކޮށްފި

ދާނިޝް - ޔޫރަޕް | 1 މެއި 2022 , އާދީއްތަ 15:49   171

ސްޕެނިޝްލީގުގެ ތަށި 35 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ލީގުގެ ތަށި ރެއާލުން ކާމިޔާބުކުރީ އެސްޕަންޔޯލް 4-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 33 ވަނަ މިނެޓްގައި ރޮޑްރިގޯއެވެ. އަދި މެޗްގެ 43 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީވެސް ރޮޑްރިގޯއެވެ. މިމެޗްގައި ރެއާލްގެ ތިންވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ މާކޯ އަސެންސިއޯއެވެ. އަދި ހަތަރުވަނަ ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ކަރީމް ބެންޒީމާއެވެ.

ރެއާލްގެ މިކާމިޔާބިއާއެކު އެޓީމްގެ ކޯޗް ކާލޯ އެންޗެލޯޓީ މިވަނީ ޔޫރަޕްގެ އާ ރިކޯޑެއް ގާއިމްކޮށް ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ލީގުގެ ތަށި ކާމިޔާބު ކުރި ފރަތަމަ ކޯޗަށް ވެގެން ގޮސްފައެވެ.

އެންޗެލޯޓީ އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2004 ވަނަ އަހަރު އޭސީ މިލާނާއެކު އިޓާލިއަން ލީގުގެ ތަށްޓެވެ. ދެވަނައަށް 2010 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލިގުގެ ތަށި ޗެލްސީ އާއެކު ކާމިޔާބުކުރިއިރު، 2013 ވަނަ އަހަރުވަނީ ޕީއެސްޖީ އާއެކު ފްރެންޗް ލީގުގެ ތަށި އުފުލާލާފައެވެ. އަދި ހަތަރު ވަނައަށް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރު ބަޔާން މިޔުނިކާއެކު ޖަރުމަން ލީގުގެ ތަށްޓެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.