ބޭންކް އޮފް މޯލްޑިވްސްގެ ޕްރޮމޯޝަނެއްގެ ތެރެއިން

ހަބަރު

މެލޭޝިއާގައި ކިޔަވަން ތިބި ގިނަ ދަރިވަރުންތަކެއްގެ ދިވެހި އެކައުންޓުތަކުން ވަގަށް ފައިސާ ނަގައި ބައެއް ކުދިން ޙާލުގައި ޖެހިއްޖެ

އަލީ އަޒްޔަން - މެލޭޝިޔާ | 2 މެއި 2022 , ހޯމަ 23:32 8   3840

ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަށް ނިސްބަތްވާ އެކައުންޓުތަކަކުން ގިނަ ޢަދަދަކަށް ފައިސާ ވަގަށް ނަގާފައިވާކަމަށް މެލޭޝިއާގައި ކިޔަވަން ތިބި ދަރަވަރުން ތަކެއް ބުނެފިއެވެ.

އެކްސްޕްރެސް ނޫހަށް މަޢުލޫމާތުދެމުން އޭގެ ތެރެއިން ބައެއް ކުދިން ބުނެފައިވަނީ ގިނަ ޢަދަދެއްގެ ޓްރާންސެކްޝަންތަކަށް އެމީހުންނަށް ނޭނގި އެމީހުންގެ އެކައުންޓްތަކުން ފައިސާ ކަނޑާފައިވާ ކަމަށެވެ. އަދި ބައެއް އެކައުންޓްތައް އެއްކޮށް ހުސްކޮށްލައި އެމީހުން ޙާލުގައި ޖެހިފައިވާ ކަމަށެވެ.

ހިއްސާކޮށްފައިވާ ބައެއް ސްލިޕްތަކުގައިވާގޮތުން 800 ޑޮލަރުން ފެށިގެން 1500 ޑޮލަރާއި ދެމެދުގެ ޢަދަދުތަކުން ފައިސާ ކަނޑާފައިވެއެވެ. އަދި އެޓްރާންސެކްޝަންތައް ނިސްބަތްވާކަމަށް ބެލެވެނީ އެމެރިކާ ސަރަޙައްދަށެވެ.

ފޮޓޯ : ދަރިވަރަކު ފޮނުވާފައި އެކައުޓެއްގެ ސްކްރީންޝޮޓެއް.

އެކުދިން އިތުރަށް ބުނެފައިވަނީ އެމީހުން ބޭރުގައި އުޅޭތީ އޯޓީޕީ ވެސް އަންނަނީ އީމެއިލަށް ކަމަށާއި، އޯޓީޕީ އާއި ނުލައި މިފަދަގޮތަކަށް ޓްރާންސެކްޝަން ހެދޭތީ ކަންބޮޑުވާކަމަށެވެ.

މީގެ ތެރެއިން ގިނަ ކުދިންނަކީ ބޭރުގައި ކިޔަވަން އުޅޭތީ ޚަރަދުކުރުމުގެ ލިމިޓް މަތިކޮށްދޭން އެދިފައިވާ ދަރިވަރުންނެވެ. އެމީހުން ތުހުމަތު ކުރަނީ މިއީ ބޭންކް އޮފް މޯލްޑިވްސް އަށް އެކަނި ލިބޭނެ މައުލޫމާތު ކަމަށް ވެފައި އެމީހުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެކަމަށެވެ.

ދަރިވަރުން ބުނަނީ، މިކަމުގެ ސަބަބުން އަތްމަތި ހުސްވެ، ކުއްޔާއި ބިލްތައް ނުދެއްކި ވަރަށް ބޮޑަށް ޙާލުގައި ޖެހިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އަށް ވެސް އަންގާފައިވާ ކަމަށާއި ނަމަވެސް އަދި އަދި އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ.

މިދަރިވަރުންގެ ތެރޭގައި އަލަށް ޕްރިންސިޕަލްކަމުގެ ކޯސްހަދަން މިދިޔަ މަހުގެ ތެރޭގައި ފުރި ދަރިވަރުން ވެސް ހިމެނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.