ޗައިނާގެ ވެރިރަށް ބެއިޖިންގ މަގުމަތީގައި ބައިޑޫ ކުންފުނީގެ 'ރޮބޯޓެކްސީ' އެއް ދުއްވަނީ

ޓެކްނޯލޮޖީ

ޗައިނާގައި މިހާރު ޑްރައިވަރެއް ނެތް ޓެކްސީތަކަށް ގުޅާލެވޭނެ

އަލީ އަޒްޔަން - މެލޭޝިޔާ | 3 މެއި 2022 , އަންގާރަ 00:54   281

ޗައިނާގައި ފުރަތަމަ ފަހަރަށް ޓެކްސީއެއް ބޭނުންވާ މީހުންނަށް ޓެކްސީ ޑްރައިވަރަކާއި ނުލާ އަމިއްލަ އަށް ދުއްވާ ރޮބޯޓިކް ޓެކްސީތަކުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ޗައިނާގެ ބިޔަ ޓެކްނޮލޮޖީ ކުންފުނި ބައިޑޫ އާއި ޕޮނީ-އޭއައި އިން ބުރާސްފަތި ދުވަހު އިޢްލާން ކޮށްފައިވަނީ ރޮބޮޓް ބޭނުންކޮށްގެން ދުއްވާ ޓެކްސީތައް ދުއްވުމުގެ ހުއްދަ މިހާރު ޗައިނާގެ ކަމާއި ގުޅޭ އިދާރާތަކުން ދީފައިވާ ކަމަށާއި މިއީ މިފަދަ ފުރަތަމަ ހުއްދަ ކަމަށެވެ. މިހުއްދައިގެ ދަށުން ޓެކްސީއެއް ދުއްވުމަށްޓަކައި ޑްރައިވަރަކު އިންނާކަށް ނުޖެހެއެވެ.

މިޚިދުމަތް ފުރަތަމަ ދޭން ފަށާފައިވަނީ ވެރިރަށް ބެއިޖިންގ ގައި 23 މޭލުގެ ސަރަޙައްދެއްގެ ތެރެއަށެވެ. އަދި މިޚިދުމަތަށް އެދި ގުޅޭނީ މޯބައިލް އެޕެއް މެދުވެރިކޮށް ހަމަ އެކަނި ދުވާލުގެ ވަޤުތުތަކުގައެވެ. މިއީ އަލަށް ފަށާ ޚިދުމަތަކަށް ވެފައި އަދި މިޚިދުމަތް ފޯރުކޮށްދެނީ އެއްވެސް އަގެއް ނެގުމަކާއި ނުލައެވެ. އަދި ދުއްވާ ވަޤުތުތަކުގައި ދުއްވަން މީހަކު ނެތަސް ކުރީސީޓުގައި އެކަކު އިންނާނެއެވެ. އެއީ ޓެސްޓްކުރުންތައް ކުރިއަށް ދާތީ ދިމާވެދާނެ ދަތިތަކަކުން ރައްކާތެރިވުމަށް ކަމަށް އެކުންފުންޏާއި ޙަވާލާދީ ސީއެންއެން ބުނެއެވެ.

ބައިޑޫ ކުންފުންޏާކީ ގޫގްލް ކަހަލަ ކުންފުންޏެކެެވެ. އެއީ ޗައިނާގައި އެންމެ މަޤްބޫލު ސާޗް އެންޖިން އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.