ސްޕޭންގެ ބާސާ އަށް ކުޅޭ އާރޖެންޓީނާގެ ޤައުމީ ތަރި ލިއަނެލް މެސީ

ކުޅިވަރު

މެސީގެ ޖޯޒީއެއް 450،000 ޑޮލަރަށް ވިއްކާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 3 މެއި 2022 , އަންގާރަ 21:23   218

އާޖެންޓީނާގެ ތަރި ލިއަނެލް މެސީ އޭނާގެ ފުޓުބޯޅަ ޙަޔާތުގައި ޖެހި 500 ވަނަ ގޯލް ޖެހިއިރު ލައިގެން ހުރި ޖޯޒީ ނީލަމުގައި ވިއްކާލައިފިއެވެ.

އޭނާ 500 ވަނަ ގޯލް ޖަލާފައިވަނީ އޭނާ މިހާރުވެސް ކުޅޭ ބާސެލޯނާގެ ޓީމު ރެއަލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެމެޗުގައި 3-2 ތަފާތަކުން ބާސެލޯނާ މޮޅުވިއިރު މެސީ ވަނީ އޭގެތެރެއިން ދެ ގޯލު ޖަހައިފައެވެ.

މިޖޯޒީއަށް ބިޑަށް ހުޅުވާލާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ފުވަހު އެވެ. އަދި ބިޑް ފެށިފައިވަނީ 100،000 އިންނެވެ.

ޖުމްލަ 19 ފަރާތަކުން ވަދާކުރިއިރު އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ 450،000 ޑޮލަރަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.