ނިއުޒީލޭންޑްގެ އޯކްލޭންޑް އެއަރޕޯރޓް (އެންޒެޑް)

ދުނިޔެ

ދެއަހަރަށް ފަހު ނިއުޒީލޭންޑް ގެ ބޯޑަރު ހުޅުވައިފި

އަލީ އަޒްޔަން - ދުނިޔެ | 4 މެއި 2022 , ބުދަ 14:31   728

ކޮވިޑް 19ގެ ބަލިމަޑުކަމަށް ފަހު، ދެއަހަރު ފަހުން ނިއުޒިލެންޑުން އެޤައުމުގެ ބޯޑަރުތައް ބޭރުގެ ފަތުރުވެރިންނަށް ހުޅުވަން ފަށައިފިއެވެ.

ހޯމަ ދުވަހު ޖެއްސި ފްލައިޓްތަކުން ޢާއިލާ އާއި ބައްދަލުނުކުރެވި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އޯކްލޭންޑް އެއަޕޯރޓްގައި އަލުން ޢާއިލާތަކާއި ގުޅި އުފާވެރިކަމުގެ ކަރުނަ އޮއްސާލައިފައެވެ.

ނިއުޒިލެންޑް ސަރުކާރުން ވަނީ ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުގެ ފަތުރުވެރިންނަށް އެޤައުމުގެ ބޯޑަރު ހުޅުވާލާފައެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކުރުމާއިއެކު ނެގެޓިވް ޕީސީއާރ އެއް އޮންނަން ޖެހެއެވެ. (ނިއުޒިލޭންޑް ބޯޑަރ ހުޅުވާލި 60 ޤައުމުތަކުގެ ލިސްޓުް). މިލިސްޓްގައި ހިމެނޭ އޭޝިއާގެ ޤައުމުތަކަކީ މެލޭޝިއާ، ސިންގަޕޫރު، މޮރިޝަސް، އަދި ސީޝެލްސް އެވެ. ދިވެހިރާއްޖެ މިލިސްޓަކު އަދި ނިހިމަނައެވެ. ނަމަވެސް ނިއުޒީލެންޑްގައި ދިވެހީން ތަޢްލީމް ޙާޞިލްކުރުމަށާއި އެހެންނިހެން ގޮތްގޮތަށް ދިރިއުޅެއެވެ.

ބީބީސީ ބުނާގޮތުން އެޤައުމުގެ ރަށްވެހިންނަށް ދަތުރުކުރުމުގެ ހުއްދަ މާރޗްމަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި އޮސްޓްރޭލިއާ މީހުންނަށް އޭޕްރިލް މަސް ތެރޭ ހުޅުވާލިއެވެ.

ނިއުޒިލޭންޑުން އެޤައުމުގެ ބޯޑަރު ބަންދުކުރީ 2020 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އަދި އެޤައުމު ވެގެން ގޮސްފައިވަނި އެންމެ ރަނގަޅަށް ކޮވިޑް މެނޭޖްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލެންޑްގައި ކޮވިޑްގައި މަރުވި މީހުންގެ ޢަދަދު އުޅެނީ ހާހަކަށް ވުރެ ވެސް ތިރީގައެވެ.

އެކަމަކު ލޮކްޑައުތަކާއި ގުޅިގެން އެޤައުމުގެ ރައްޔިތުން ވަނީ މުޒާހިރާތައް ކުރަން މަގުމައްޗަށް ވެސް ނިކުމެފައެވެ.

އޮމިކްރޯން ވޭރިއެންޓް ފެތުރެން ފެށުމާއި އެޤައުމުން ވަނީ ވިސްނުން ބަދަލުކޮށް ކޮވިޑާއި އެއްކޮށް އުޅެން ފަށަން ތައްޔާރުވާން ފަށާފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.