އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ ރައީސް މުޢިއްޒު އާއި ސަލާންކުރައްވަނީ

ހަބަރު

އަނބުރާ ދައްކަންޖެހޭ ފައިސާއިން 50 މިލިއަން ޑޮލަރު ދެއްކުން އެއްއަހަރުދުވަހަށް އިންޑިއާއިން ފަސްކޮށްދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 މެއި 2024 , ހޯމަ 23:16   273

ސަރުކާރުން 2019 ވަނަ އަހަރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުން މިމަހުގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރު (770 މިލިއަން ދިވެހި ރުފިޔާ) ދެއްކުން އެއްއަހަރުދުވަހަށް އިންޑިއާއިން ފަސްކޮށްދީފިއެވެ.

ސަރުކާރުން މިފައިސާ ނަގާފައިވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައެވެ.

އިތުރު 50 މިލިއަން ޑޮލަރު އަންނަ ޑިސެމްބަރުހަު ތެރޭގައި ދައްކަންޖެހެއެެވެ.

ރާއްޖޭގައި ޤާއިމުވެފައިތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލަން ނިންމުމާއިގުޅިގެން ދެ ޤައުމުގެމެދުގައި ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، ޚާރިޖީވަޒީރު ވަނީ މިދިޔަ ހަފްތާތެރޭގައި އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ.

މި ދަތުރުފުޅާއިއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ރާއްޖޭގައިތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް ނިންމާލާފައިވެއެވެ.

ރާއްޖެއަށް މިފޯރުކޮށްދެއްވި އެހީތެރިކަމަށް ސަރުކާރުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޓެގްސް: އިންޑިއާ-ރާއްޖެ ގުޅުން ދައުލަތުގެ ބަޖެޓް ލޯން އެއްބަސްވުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.