ޗައިނާގެ ވެރިރަށް ބެއިޖިންގް

ހަބަރު

ޗައިނާގެ ވެރިރަށް ބެއިޖިންގް ހުއްޓުމަކަށް

ދާނިޝް - އޭޝިއާ | 5 މެއި 2022 , ބުރާސްފަތި 11:46   247

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ރަށް ހުއްޓުމަކަށް އަތުވެއްޖެއެވެ.

މި ފިޔަވަޅުތަކުގެ ދަށުން އަދި ބެއިޖިންގުގެ މަދަރުސާތަކާއި ކައިބޮއިހަދާ ތަންތަންތަނާއި ކަސްރަތުކުރައި ތަންތަނާއި މުނިފޫހިފިލުވައި މަރުކަޒުތައްވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ. އޭގެ އިތުރުން ބެއިޖިންގުގައި ދިރިއުޅޭ އެންމެން ބައްޔަށް ޓެސްޓު ކުރަން ވަނީ ފަށައިފައެވެ. އެ ގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބެއިޖިންގުގެ 16 ޑިސްޓުރިކްޓެއްގެ ތެރެއިން 12 ޑިސްޓުރިކްޓުގައި ދިރިއުޅޭ އެންމެންވަނީ ދެ ފަހަރެއްގެމަތިން ބައްޔަށް ޓެސްޓު ކޮށްފައެވެ. އެ ރަށުގެ ޢާއްމު ދަތުރުފަތުރުކުރުމުގެ ޚިދުމަތްތައްވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ޗައިނާގެ ސަރުކާރުން ކޯވިޑް-19 އާއި ދެކޮޅަށް ޢަމަލުކުރުމަށް ގެންގުޅެނީ ވަރަށް ހަރުކަށި ފިޔަވަޅުތަކާއި އުޞޫލުތަކެކެވެ. އެ ގޮތުން އެ ޤައުމުގެ އެއްވެސް ސަރަޙައްދަކުން ބަލިޖެހިފައިވާ މީހެއް ފެނިއްޖެނަމަ އެ ސަރަޙައްދު ފުރަބަންދުކޮށް އެންމެން ބައްޔަށް ޓެސްޓުކުރަން ޖެހެއެވެ.

މިހާރުވެސް ޗައިނާގެ 46 ރަށެއް އޮތީ ފުރަބަންދުކޮށްފައެވެ. މީގެ ތެރޭގައި ޗައިނާގެ ވިޔަފާރީގެ މައިރަށް ކަމަށްވާ ޝަންހާއީވެސް ހިމެނެއެވެ. މިކަމުގެ ނޭދެވޭ އަސަރު މައިނަލްއަޤްވާމީ ވިޔަފާރިއަށްވެސް ކުރާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.