ރަސޫލޯފް ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ތަކުރާރުކޮށް އީރާނުގެ ކަމާބެހޭ ފަރާތްތަކަށް ބަސްބުނެ ފާޑުކިޔާފައި

ދުނިޔެ

އިރާނުގެ ފިލްމު ޑިރެކްޓަރ ރަސޫލޯފް އަށް ޖަލު ޙުކުމް އިއްވުމާއިއެކު ޤައުމުދޫކޮށް ފިލައިފި

އަލީ އަޒްޔަން - މެދުއިރުމަތި | 13 މެއި 2024 , ހޯމަ 23:34   363

އެވޯޑް ހާސިލްކޮށްފައިވާ އީރާނުގެ ފިލްމު އުފެއްދުންތެރިޔާ މުހައްމަދު ރަސޫލޯފް ބުނީ އޭނާގެ އެންމެ ފަހުގެ ފިލްމު ސިއްރުން ހަދާފައިވާތީ ޖަލު ހުކުމެއް އިއްވުމުން އޭނާ ފިލައިގެން ގޮސްފައިވާ ކަމަށެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ ބޯޑަރު ހުރަސްކޮށް އޭނާއަށް އެހީތެރިވުމަށް މީހުން "ފުރާނަ ނުރައްކަލަށް ލުމަށްފަހު" އޭނާ މިހާރު ހުރީ "ރައްކާތެރި ތަނެއްގައި" ކަމަށެވެ.

އޭނާގެ ފިލްމު "ދަ ސީޑް އޮފް ދަ ސޭކްރެޑް ފިގް" ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ފަށާ ކާންސް ފެސްޓިވަލްގައެވެ.

"ތެރެ އިޒް ނޯ އިވިލް" ނަމުގައި އުފައްދާފައިވާ ފިލްމް 2020 ވަނަ އަހަރުގެ ބާލިން ފެސްޓިވަލްގެ އެންމެ މަތީ އިނާމު ރަސޫލޯފް ހޯދާފައެވެ. އެ ފިލްމަކީ އީރާނުގައި މަރުގެ އަދަބު ދިނުމާ ބެހޭ ފިލްމެކެވެ.

"އަހަރެންގެ ރައްޓެހިންނާއި ދަންނަ މީހުންނާއި އޯގާތެރިކަމާއެކު، އަމިއްލަ އެދުން ކުޑަކަމާއެކު، އަދި ބައެއް ފަހަރު ފުރާނަ ވެސް ނުރައްކަލަށް ހުށަހަޅައިގެން ބޯޑަރުން ނުކުމެ އުނދަގޫ ދިގު ދަތުރަކަށް ފަހު ސަލާމަތަކަށް ވާސިލްވުމަށް އެހީތެރިވި މީހުންނަށް އަހަރެން ޝުކުރުވެރިވަން،" ހޯމަ ދުވަހު އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ .

އޭނާގެ ވަކީލު ބާބަކް ޕަކްނިއާ މީޑިއާތަކުގައި ބުނެފައިވަނީ މުހައްމަދު ރަސޫލޯފް އީރާނުން ވަކިވެ ކާންސް ފެސްޓިވަލްގައި ބައިވެރިވާނެކަން ކަށަވަރު ކުރެވޭ ކަމަށެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން އޭނާއަށް މަޖުބޫރުކޮށްގެން އިންތިޒާމް ކުރާ ފަރާތްތަކަށް އެ އިވެންޓުން ދަ ސީޑް އޮފް ދަ ސޭކްރެޑް ފިގް އަނބުރާ ގެންދިއުމަށް އެދުނު ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހެދި އެވެ.

އުމުރުން 51 އަހަރުގެ ރަސޫލޯފް ފިލައިގެން ދިޔަ މަގާއި ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ. އަދި ސްނޯ ފޮރުވިފައިވާ ފަރުބަދައެއްގެ ވީޑިއޯއެއް ވެސް އާންމުކޮށްފައިވާއިރު، އޭނާ ވަނީ ސްމާގްލަރުންގެ އެހީގައި އިރާގު ނުވަތަ ތުރުކީއަށް ބޯޑަރު ހުރަސްކޮށްފައިކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ މިދިޔަ ހަފްތާގައި ކޯޓަކުން ވަނީ "ގައުމީ ސަލާމަތާ ދެކޮޅަށް ކޮލޫޝަން" ކޮށްފައިވާ ކަމުގެ ތުހުމަތުގައި އަށް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

ރަސޫލަފް ވަނީ ތަކުރާރުކޮށް އީރާނުގެ އިސްލާމީ ކޯޓު އަމުރުތަކާއި ޚިލާފުވެފައެވެ. 2019 ވަނަ އަހަރު އޭނާ އަށް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2017 ވަނަ އަހަރުގެ ކާންސް ފެސްޓިވަލްގައި އިނާމެއް ލިބުނު ފިލްމު "އޭ މޭން އޮފް އިންޓެގްރިޓީ" ގެ މައްސަލައިގަ އެވެ.

ޓެގްސް: އީރާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.