ސްޓެލްކޯ ކުންފުނީގެ ހެޑްއޮފީސް އިމާރާތެއް

ހަބަރު

ސްޓެލްކޯ އިން ބިލު ނުދެކުމުގެ ސަބަބުން އަރާ ޖުރުމަނާއަށް މާފު ލިބޭ އުސޫލުތަކެއް އެކުލަވާލަނީ

ދާނިޝް - ކ. މާލެ | 5 މެއި 2022 , ބުރާސްފަތި 11:48   213

ކަރަންޓު ބިލު ނުދެކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާ މާފު ކުރެވޭނެ އުސޫލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯގެ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެ) މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ބައެއް މީޑިއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލު ދައްކަންޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތްކަމެއް ދިމާވެގެން ނޫނީ ނޭނގޭ ކަމެއް ދިމާވެގެން ބިލުގެ ޖުރިމަނާ އަރާކަމުގައި ވަންޏާ، އެ ޖުރުމާނާ މާފު ކުރެވޭނެފަދަ ގަވާއިދުތަކެއް މިހާތަނަށް ގާއިމުކުރެވިފައި ނުވާކަމަށެވެ.

"ގެއެއް ކުއްޔަށް ދީފައި ހުންނަ އިރު، ކުއްޔަށް ހިފާ މީހާ ބިލު ނުދައްކައިގެން ޖޫރިމަނާ އަރާފައިވާކަން ގޭގެ ވެރިމީހާއަށް ނޭނގިދާނެ. އަދި ކުއްލިއަކަށް އެ މީހާ ގެ ދޫކޮށްލާފައި ދާއިރު، ޖޫރިމަނާއަށް އަރާ ފައިސާ ދައްކަން ޖެހެނީ ގޭގެ ވެރިމިހާއަށް. އެފަދަ ހާލަތްތަކުގައި ޖޫރިމަނާގެ ފައިސާ ވެގެންދަނީ އެ މީހުންނަށް ލިބޭ އިތުރު ތަކުލީފަކަށް" ޝަރީފް ވިދާޅުވިއެވެ.

އަދި ރައްޔިތުންނާއި ގުޅިފައިވާ ހުރި ކަންކަމުގައި ހެދިފައިވާ ބައެއް އުސާލުތަށް ބަދަލުކޮށް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމުގައެވެ. އެގޮތުން ބިލު ނުދެއްކިގެން އަރާ ޖޫރިމަނާ މާފުކުރެވޭނެ އުސޫލެއް ގާއިމުކުރުމުގެ މަސައްކަތަކީވެސް މިކަމުގް ދަށުން ކުރެވޭ މަސައްކަތެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ ޙިދުމަތްތަކަށް އެދުމަށް މިހާރު ބޭނުންކުރާ ފޯމު ތަކަކީ ވަރަށް ކުރީއްސުރެ ބޭނުންކުރަމުން އަންނަ ފޯމުތަކެއް ކަމަށެވެ. އެހެންކަމުން އެ ފޯމުތައް ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓެލްކޯގެ މެނޭޖްމެންޓަށް ގެނައި ބަދަލުތަކާއިއެކު ކުންފުންޏަށް އިތުރު ދެ ޑިޕާޓްމެންޓް އިތުރުކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އިޔާދަކުރަނިވި ހަކަތައަށް ހާއްސަ ޑިޕާޓްމެންޓެއް މީގެ ތެރޭގައި ހިމިނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.