ދެކުނުގެ ސަރަޙައްދުތަކަށް ބުރާސްފަތި ދުވަހުގެ ރެއާއި ހަމަޔަށް ނެރެފައިވާ ވައިޓް އެލާރޓް

ހަބަރު

ހުޅަނގު މޫސުމުގެ ވިއްސާރަ އާއި އެކު ކުރިއަށް އޮތް 10 ދުވަހު ވެސް މޫސުމް ގޯސްވާނެ : މެޓް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 5 މެއި 2022 , ބުރާސްފަތި 15:50   216

ނަކަތުގެ ގޮތުން ތަފާތުތަކެއް ހުއްޓަސް، މިއީ ހުޅަނގު މޫސުމްގެ ފެށޭ ދުވަސްވަރު ކަމަށް ވުމާއިއެކު ރާއްޖެއަށް މިހާރު ކުރާ ވިއްސާރަ ކުރިއަށް އޮތް 10 ދުވަހު ވެސް ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާ މެޓް އޮފީހުން މަޢްލޫމާތު ދެއްވައިފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން އެއިދާރާގެ އޮފިޝަލަކު ވިދާޅުވީ މިހާރު ނެރެފައިވާ ވައިޓް އެލާޓްގެ މިރޭ 8.45 އާއި ހަމައަށް ދެމި އޮންނާނެ ކަމަށެވެ.

މި ވިއްސާރަ ޢާއްމުގޮތެއްގައި ކޮންމެ އަހަރަކު ވެސް ފެށެނީ ދެކުނުން ކަމަށާއި ދެން މަޑުމަޑުން އުތުރަށް ދަތުރު ކުރާނެ ކަމަށެވެ. އާދަޔާއި ޚިލާފު މިންވަރަކަށް ވާރޭ ނުވެހުނަސް ޢާއްމުގޮތެއްގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވައި ބާރުވާނެކަމަށް އެފަރާތުން މަޢްލޫމާތު ދެއްވައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.