އަލްމާ/ ލޯބީގެ ވާހަކަ : ކަފުން ކުރެވިފައި ވިޔަސް!

މުނިފޫހިފިލުވުން

ލޯބީގެ ވާހަކަ : ކަފުން ކުރެވިފައި ވިޔަސް!

އަލްމާ - އެހެނިހެން | 6 މެއި 2022 , ހުކުރު 00:40   280

ކުޑައިރުއްސުރެ އެކުވެރިކަމުގެ ގުޅުމުން ގުޅުން ބަދަހި ވެފައިވާ ސިއާންއާއި ލައިޝާ އަކީ އެކުވެރިކަމުގެ ވަރުގަދަ ނަމޫނާއެކެވެ. ކުޅެމުން ގޮސް ކިޔެވުމާއި ހަމައަށް ހުރިހާ ކަމެއް އެކީގައި ކުރަމުން އަންނަ މި ދެ އެކުވެރިން ވަކިވެ ދުރުވެގެން ދިޔައީ މީގެ 15 އަހަރުކުރިން ލައިޝާގެ މަންމައާއި ބައްޕަ ލަންކާއަށް ބަދަލުވުމަށް ނިންމި ނިންމުމުންނެވެ. މި ދެ އެކުވެރިން ވެސް އެކަކު އަނެކަކަށް އަލްވަދާޢުކީ ހިތްދަތި ކަމާއެކުގައެވެ.

މީގެ 15 އަހަރު ކުރިން އޮތް އެކުވެރިކަމުގެ ގުޅުން މިއަދުވީ ސިއާންގެ ހިތުގައި ލޯތްބަށް ބަދަލުވެފައެވެ. ލައިޝާގެ ފަރާތުން އެފަދަ އިހްސާސެއް ވާނެބާއޭ އެއީ ބޮޑުސުވާލެކެވެ. އެކަން އެނގޭނީ ހުދު ލައިޝާއަށެވެ. ކޮންމެއަކަސް މިދެމެދުގައި އޮތް ގުޅުން ބަދަހިވެފައި އޮތީ އެކަކު އަނެކަކަށް ލިޔާ ސިޓީ މެދުވެރިކޮށެވެ. ގާތުގައި ލައިޝާވާހެން ލައިޝާގެ ހުރިހާ ވާހަކައެއް ސިއާންއަށް އެގެއެވެ. ދެފުށް ފެނޭ މި އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުނުވެއޮތީ ސިއާން އޭނާ ލައިދެކެވާ ލޯބި ބަޔާންކޮށް ކިޔައިދޭން ނުކެރޭތީއެވެ. އެންމެ ތުއްތުއިރުއްސުރެން އެ ދެމެދުގައިވި ގަދަފަދަ ގުޅުމަށް ކޫރުމެއް އެޅީދާނެތީއެވެ. ސިއާން މިއަދާ ޖެހެންދެންވެސް ލައިގެ ފޮޓޯއެއްހާ މިންވަރުވެސް ނުދެކެއެވެ. ފޮޓޯފޮނުވުމަށް އެދިއްޖެނަމަ އަބަދުވެސް ދޭ ޖަވާބަކީ މާލެ ދިޔަ ދުވަހަކުން ފެންނާނެކަމެވެ.

ލައިގެ ސޫރަ ދެކިލުމަށް ފެންބޮވައިގެންފައިވި ސިއާންގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައީ ލައިމެން ރަށަށް އަންނަ ހަބަރު ލައި ދިނުމުންނެވެ. ސިއާންއަށް ހީވީ ބަހާރު މޫސުމެއް އައި ހެންނެވެ. ލައިގެ ލޯތްބަށް ފެންބޮވައިގެންފައިވި ސިއާންގެ ހިތަށް އަރާމެއް ވަރަށްވެސް އަވަހަށް ލިބޭނެ ކަމުގެ އިހްސާސުކުރެވުނެވެ. ލައި ނަގަން އެއާޕޯރޓް އަށް ހެނދުނު ދާންޖެހޭތީ އަވަހަށް ނިދަން އެރިއެވެ. ލަސްނުވެ އެއާޕޯރޓްދިއުމަށް ހޭލެވޭނެހެން 10 އެލާރމް ލިއުމަށްފަހު ލޯ މަރާލައިގެން ނިދުމަށް ކުރި މަސައްކަތާވީ ނާކަމިޔާބެވެ. ނިދުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ބެލްކަނީ އަށްނިކުމެލީ އަވަސް ވެފައިވާ ސިއާންގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އޭނާ ގިޓާރގައި ކުޅެލަ ކުޅެލަ އޮތްވައި ނިދުނުއިރެއް ނޭގި ހޭލެވުނީ ފޯނުއެލާމް ވާންފެށޫމުންނެވެ. އަވަސްއަވަހެއް ގަޑި ބެލުމަށްފަހު ފެންވަރާލައިގެން ތައްޔާރުވެގެން ގެއާއި އެންމެ ކައިރީގައި ހުރި މާވިއްކާ ފިހާރައިން ލައިއަށް އެންމެ ކަމުދާ ސަންފްލާވާރ ބޮޑިއެއް ގަތެވެ. ފްލެއިޓް ޖެއްސި ގަޑިއަށް ކިރިޔާ ސިއާން އަށް ކާރު މަޑުކުރެވުނީއެވެ. މާ ބޮޑި ހިފައިގެން އެރައިވަލް ގޭޓްއާއި ދިމާލަށް ކަޅިވެސް ޖަހާނުލައި ސިއާން ބަލަހައްޓައިގެން ހުރީ އަވަސް ހިތަކާއެކުގައެވެ.

އެންމެ ފަހަކަށް ފިރިހެންކުއްޖެއްގެ އަތާއި އަތްގުޅުވައިލައިގެން ގޭޓުން ނިކުމެގެން އައި އަންހެންކުއްޖާ އަތްހޫރާލިއެވެ. ލައި ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލި ނަމަވެސް އަހަރެންގެ ލޯވީ ކަރުނުން ފުރިފައެވެ. އުފާވެރިކަމުގެ ކަރުނައެއްނޫނެވެ. އަހަރެންގެ ލޯބި އަހަރެންގެ އަތުން ބީވެ ދިޔުމުންނެވެ. ކުރިމަތީ އެ ހުރި ޒުވާނާއަކީ އަހަރެންގެ ލޯބިވެރިޔާގެ ހިތުގެ ރާޖާކަން އަހަރެންނަށް ޔަގީނެވެ. ކުއްލިއަކަށް އުޑުމަތި ބަނަވެ ވިއްސާރަވިއެވެ. އަހަރެންގެ ލޮލުން އޮހުރުނު ކަރުނައިގެ ތިކިތައް އެ ވާރެގެ ތިކިތަކާއެކުގައި މުޅި ދުނިޔެ އަށް ފޮރުވިގެންދިޔައެވެ. ކުދިކުދި ވެފައިވި ހިތަކާއެކު ސިއާން ލައި އާއި ލައިގެ ބައިވެރިޔާ ގޮވައިގެން ގޮސް ކާރަށް އަރައި ދުއްވައިލީ ވޭނީ ހިނިތުންވުމަކާއެކުގައެވެ. ލައި ޒަޔާން ސިއާންއަށް ތައާރަފް ކޮށްދީ މާލޭ އައީ މެރީ ކުރަން ކަމުގައި ބުންޏެވެ.

ހިތުގައި ރޯވެފައިވި އަލިފާންގަނޑަށް ލައި ތެޔޮ އަޅައިލި ކަހަލައެވެ. ޒަޔާން ކިހާނަސީބުގަދަބާވައޭ ސިއާންގެ ހިތަށް އެރިއެވެ. ލައިގެ ގެކައިރި އަށް ކާރު މަޑުކޮށްލުމުން މިވަގުތު މަޑޫ ނުކުރެވޭނެ ކަމަށް ބުނެ ފަހުން މަންމަމެންނާ ބައްދަލުކުރުމަށް އަންނާނަމޭ ސިއާން ކާރު ދުއްވައިލީ މިސްރާބުނޭގޭ މަންޒިލަކަށް ދިއުމަށެވެ. އެތަކެއް މަސައްކަތަކާއި ހިތްވަރާއިއެކު ދެލޮލުގައިވި ފޮރުވައިލި ކަރުނުތައް އަމިއްލަ އިހްތިޔާރަކާއި ނުލައެވެ. ސިއާންގެ ހިތުތެރޭގައި ވީލޮޅޫމެއް އުފެދިފައެވެ. އޭނާ ހަޔާތުގެ ބައިވެރިއަކަށް ހަދަނަ ބޭނުންވި ފަރާތް ތާ އަބަދަށް ގެއްލުނު ކަމުގެ އިހްސާސްކުރެވި ގޮތް ހުސްވިއެވެ. ލައިގެ މޫނުމަތީގައި ޒަޔާންގެ ވާހަކަ ދެއްކިއިރު ހުރި ހިނިތުންވުމާއި އުފަލަށްޓަކައި ސިއާން ހަނު ހުރުމަށް ނިންމިއެވެ. އުފަލާއެކުގައި އެކުވެރިޔާ އެހެން މީހަކާއި އަމާނަތެއްގެ ގޮތުގައި ހަވާލުކުރުމަށް އަޒުމް ކަނޑައެޅިއެވެ. އާ އަޒުމް އަކާއެކުގައި ކާރު ސްޓާޓްކުރުމަށްފަހު ގެއަށް ދިޔައީމެވެ. އަދި އުފާވެރިކަމާއިއެކުގައި ގޮސް މަންމަ އަށް ލައި އަދި ޒަޔާންގެ ކައިވެނީގެ ހަބަރު ދިނުމަށްފަހު ކޮޓަރިއަށް ވަދެ ފެންވަރައިގެން މީހާ ހަމަޖެހެތޯ ބެލުމަށް އޮށޯތެވެ. ސިކުނޑިގައި އެނބުރެމުން ދިޔަ ގިނަ ހިޔާލުތަކާއެކުގައިވެސް ވަރުބަލިވެފައިވިވަރުން ނިދުނެވެ.

އޭގެ އަނެއް ދުވަހަށް އިރު އެރީ ލައި އައިސް ގޮވީމައެވެ. އަދި ޝޮޕިން އަށް ދިއުމަށް އާދޭސް ކުރަންފެށުމުން ސިއާން އެއްބަސްވިއެވެ. އެކި ފީހާރަތަކަށް ދިއުމަށްފަހު އެންމެ ފަހަކަށް ދިޔައީ ވެޑިންގް ޑްރެސް ފަހަން ދިނުމަށެވެ. ދެ ހަފްތާގެ މުއްދަތު ދިނުމަށްފަހު ފަހާތަނުން ނިކުމެގެން ދިޔައީ ކޮންމެވެސް ކަހަލަ އެއްޗެއް ކާލުމަށެވެ.

"ސިއާންގެ ބިޓެއްވެސް ނުހުރޭތަ؟"ކުއްލިއަކަށް ލައި ކޮށްލި ސުވާލަކުން ސިއާން ކޮށިއަރައިގަންނަ ކަހަލަ ގޮތެއްވިއެވެ. ނޫނެކޭ ބުނެ ހިނިގަނޑެއް ޖަހައިލީއެވެ. ލޯބިވާ ކުއްޖެއްވެސް ނެތްހޭ އަހާލުމުން ސިއާންއަށް ބަލައިލެވުނީ ލައި އާއި ދިމާލަށެވެ.

"އަސްލުހުރޭވަރަށް ލޯބިވާ ކުއްޖެއް.އެކަމަކު ނަސީބުގައި ނެތުމުން ދެން ގެއްލުނީ..ލަސްވީ ދޯ ދެން...ޒަޔާންހާ އެންމެން ނަސީބުގަދައެއްވެސް ނުވާނެ ދޯދެން ...ދެން އަޅާނުލާ..." ހިނިގަނޑެއް ޖަހާލުމާއެކު ސިއާންޖަވާބުދިނެވެ. އެކި ވާހަކަތަކުގައި ތިބެ ކައި ނިންމާލުމަށްފަހު ރުފިޔާ ދެއްކުމަށްފަހުގައި ގެއަށް ދިޔައީއެވެ.

އޭގެ ދެ ހަފްތާ ފަހެވެ. މިރެއަކީ ބޮޑު ރެއެވެ. ލައިގެ ބޮޑުރެއެވެ. ލައި އާއި ޒަޔާންގެ ބޮޑު ރެއެވެ. އުމުރަށް ލައި އާއި ސިއާން ވަކިވާންޖެހޭ ރެއެވެ. ލައި ތައްޔާރު ވެގެން ހުރިއިރު ވަރަށް ފުރިހަމައެވެ. ހުދު ކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ހުރިއިރު ލައި ހީވަނީ ޕަރީއެއްހެންނެވެ. ލައިގެ ފުރިހަމަކަން އިތުރުވެފައިވީ ލައިގެ މޫނުމަތގައިވި ފުރިހަމަ ހިނިތުންވުމުގެ ސަބަބުންނެވެ. އެ ހިނިތުންވުމަކަށްޓަކައި ސިއާންގެ ހިތުގައި އެތައް އަހަރެއްވަންދެން ގާއިމްވެފައިވި ލޯބި ތާ އަބަދަށްޓަކައި ކަފުންކުރި ހިނިތުންވުމެވެ.

"ނިއު ކަޕުލް" އާއި އެކު ފޮޓޯ ނެގުމަށްފަހު ސިއާން މިސްރާބުޖެހީ ބޭރަށް ދިއުމަށެވެ. ސިއާން އިންތިޒާރުކުރިއެވެ. 15 އަހަރު ވަންދެން އިންތިޒާރު ކުރިއެވެ. ކުރި އިންތިޒާރުގެ ރަހަ ހިތި ކަމުގައި ވިޔަސް އިންތިޒާރުކުރިއެވެ. ސިއާންގެ ހިތުން ދުވަހަކުވެސް ލައިގެ ސޫރަ ނުފޮހެވޭނެއެވެ. ތާ އަބަދަށް އެ ހިތުގައި ލައި އަށްޓަކައި ލޯބިވާނެއެވެ. ވަކިވުމުގެ ކުރިން ލޯބިވާ ވާހަކަ އެއްފަހަރުވެސް ލައި ކައިރީ ބުނުމުގެ ނަސީބު ނުލިބުނީތީ ވަރަށް ދެރައެވެ. އެކަމަކު ދެން އެ ފުރުސަތެއް ނެތެވެ. ނުވެސް ލިބޭނެއެވެ. އެކުވެރިކަމުގެ ގުޅުން އެކުވެރިކަމުގެ ގުޅުމެއްގެ ގޮތުގައި ކަނޑައެޅު ނިމުނީއެވެ. އެ ނޫން ގުޅުމެއް ދެން އެ ދެމެދުގައެއް ނުވާނެއެވެ. އެހެންނަމަވެސް ކަފުންކުރެވިފައިކަމުގައިވިޔަސް ސިއާންގެ ހިތުގައި ލައި އަށް ޓަކައި ލޯބި ފޮރުވިފައިވާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.