ކިއުބާގެ ވެރިކަންކުރާ ރަށް އަދި އެންމެ ބޮޑު ސިޓީގައި ހުރި ހޮޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި

ދުނިޔެ

ކިއުބާގެ ފަސްތަރީގެ ހޮޓަލެއް ގޮވުމުގެ ޙާދިޘާއެއް ހިނގާ 22 މީހުން މަރުވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 7 މެއި 2022 , ހޮނިހިރު 10:21   343

އެމެރިކާ ސަރަޙައްދުގެ ޤައުމެއްކަމަށްވާ ކިއުބާގެ ވެރިރަށުގައި ހުރި ފަސްތަރީގެ ހޮޓަލެއް ކަމަށްވާ ހޮޓެލް ސަރަޓޯގާގައި، ގޮވުމުގެ ޙާދިޘާއެއް ހިނގައި 22 މީހަކު މަރުވެއްޖެއެވެ. ސީއެންއެން ބުނާގޮތުން މި ޙާދިޘާގައި އަނިޔާ ލިބުނު މީހުންގެ ޢަދަދު 64 އަށް އަރައެވެ.

މި ގޮވުމާއި ގުޅިފައި ވަނީ ގޭސް ލީކެއްކަމަށް ކިއުބާ ސަރުކާރާއި ޙަވާލާދީ ނޫސްތައް ބުނެއެވެ.

"ހުރިހާކަމެއް ދައްކައިދެނީ މިގޮވުން ގޮވާފައިވަނީ އެކްސިޑެންޓަކުން ކަމަށް"، ކިއުބާގެ ރިޔާސީ އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ވެއެވެ. އަދި އިތުރަށް ބުނެފައިވަނީ މިއީ ބޮމެއް ނޫން ކަމަށެވެ.

ކިއުބާގެ ރަސްމީ ޓީވީ ޗެނަލުން ބުނެފައިވަނީ ސަލާމަތްވިމީހުން ސަލާމަތްވެފައިވަނީ ޢިމާރާތުގެ އަޑީގައި ހުރި ބޭސްމެންޓްގައި ތާށިވެފައި ތިބުމުގެ ސަބަބުން ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުން ގޮވައިގެން ދިޔައިރު ޢިމާރާތުގެ ބައިތައް ނެއްޓި 300 ފޫޓު ދުރަށް ވިއްސައިގެން ދިޔަ ކަމަށެވެ. މިޙާދިޘަ ހިނގި ސަރަޙައްދަށް ކިއުބާގެ ރައީސް މިގޭލް ޑިއޭޒް-ކެނެލް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ގޮވައިގެން ދިޔަ މިހޮޓެލަކީ 1800 ފަހުކޮޅު ޢިމާރާތްކޮށްފައިވާ ތާރީޚީ ހޮޓަލެކެވެ. އަދި 1930 އިން ފެށިގެން އެޤައުމުގައި މުހިއްމު ހޮޓަލެއްގެ ގޮތުގައި ފާހަގަ ކުރާ ހޮޓަލެކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.