މުބާރާތުގައި ހުކުރު ދުވަހުގެރޭ ޕޮލިސް އަދި ޑީޑީއާރްސީ ބައްދަލުކުރި މެޗް ތެރެއިން

ކުޅިވަރު

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 މެއި 2022 , ހޮނިހިރު 13:04   413

އޮފީސްތަކަށް ޚާއްސަކޮށްގެން، އައްޑޫ ސިޓީ މަރަދޫ ފޭދޫ ކޮމިއުނިޓީ ސެންޓަރުން (ޔޫތް ސެންޓަރ) އިން އިންތިޒާމްކޮށްގެން ބާއްވާ، ކޮމިއުނިޓީ ފުޓްސަލް ޗެލެންޖް 2022، އެސިޓީގެ މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގައި ފެށިގެން ކުރިއަށް އެބަ ދެއެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ ބުދަދުވަހުގެ ރެއެވެ.

ދެ ގުރޫޕަކަށް ބެހިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 10 ޓީމް ވާދަކުރެއެވެ. ގްރޫޕް ސްޓޭޖްގައި ބުރާސްފަތި އަދި ހުކުރު ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ އަދި މޭން އޮފްދަ މެޗް :

  • އެޗްޕީއެލް 4-2 މަރަދޫ ކައުންސިލް (އަނީލް އިބްރާހިމް)
  • ގަން ފުލުސް 2-5 މފ ފެނަކަ (ހަސަން ލައުހް)
  • އެސްޓީއޯ 1-1 މޯލްޑިވިއަން (ހަސަން އަތޫފް)
  • ހިތަދޫ ފުލުސް 6-2 ޑީޑީއާރސީ (އަހުމަދު ޙަބީބް)

މި މުބާރާތުގެ ސެމީ ފައިނަލް ގެ ކުޅުން އޮންނާނީ މޭމަހުގެ 15 ގައެވެ. އަދި ފައިނަލް މެޗް ކުޅުމަށް ތާވަލުކޮށްފައިވަނީ މޭމަހުގެ 17 ވަނަ ދުވަހުގެރޭ 10:00 އަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.