ޓިކްޓޮކް

ޓެކްނޯލޮޖީ

ޓިކްޓޮކުން އާމްދަނީ ހޯދޭނެ އިތުރު ގޮތެއް

ދާނިޝް - އެހެނިހެން | 7 މެއި 2022 , ހޮނިހިރު 14:17   191

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް އެ ޕްލެޓްފޯމުން އާމްދަނީ ލިބޭނެ އިތުރު ގޮތެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން ދާކަމުގެ މައުލޫމާތު އެކުންފުނިން ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެކުންފުނިން ކޮށްފައިވާ ބޮލޮގް ޕޯސްޓެއްގައެވެ. އެ ބޮލޮގްގައިވާ ގޮތުން "ޓިކްޓޮކް ޕަލްސް" ގެ ނަމުގައި އާ ޕްރޮގްރާމެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެއީ ޓިކްޓޮކް ވީޑިއޯތަކުގެ މެދުން އިޝްތިހާރުތައް ދައްކައިގެން އެ ޕްލެޓްފޯމުން އާމްދަނީ ހޯދަން ފަށަން އުޅޭ ޕްރޮގްރާމެކެވެ.

މިގޮތަށް އިޝްތިހާރުތައް ދައްކާނީ ޓިކްޓޮކް ވީޑިއޯތަކުގެ ތެރެއިން އެންމެ މަތިން ވިއުސް ހޯދާ ވީޑިއޯތަކުގެ ތެރެއިން ހަތަރު ޕަސެންޓްގެ ވީޑިއޯތަކުގައެވެ. އަދި އެ އިޝްތިހާރުތައް ދައްކައިގެން ޓިކްޓޮކަށް ލިބޭ އާމްދަނީގެ ބައެއް ވީޑިއޯ ހެދި މީހާ އަށް ލިބޭނެއެވެ. އަދި އާމްދަނީން ބައެއް ލިބޭނީ ޓިކްޓޮކް ވީޑިއޯ ހެދި މީހާގެ މަދުވެގެން 100،000 ފޮލޯވާސް ތިބޭ ނަމަ އެވެ. ނަމަވެސް އެމީހުންނަށް ދޭނެ ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އޭގެން އާމްދަނީ ހޯދެ އެވެ. އެއީ ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑުން" ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެންނެވެ. އެކަމަކު އެމީހުންނަށް އޭގެން ލިބެނީ ވަރަށް ކުޑަ އެއްޗެކެވެ.

ޓިކްޓޮކް ޕަލްސް" ލޯންޗުކުރަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގައެވެ. އަދި މިއަހަރު ފަހުކޮޅު އެމެރިކާގެ މާކްޓްތަކުގައިވެސް ލޯނަޗުކުރާނެކަމަށް މައުލޫމާތު ލިބެއެވެ.

https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwj2s6zOhc33AhVDTmwGHcWgDC4QFnoECAoQAQ&url=https%3A%2F%2Fnewsroom.tiktok.com%2Fen-us%2Ftiktok-pulse-is-bringing-brands-closer-to-community-and-entertainment&usg=AOvVaw3_A2U1PpKHgPjg948Z9kvC
ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.