ޓޮޑް ބޮއެލީ

ކުޅިވަރު

ޓޮޑް ބޮއެލީ އަށް ޗެލްސީ ވިއްކާލަނީ

ދާނިޝް - އެމެރިކާ | 8 މެއި 2022 , އާދީއްތަ 00:18   192

އިންގްލެންޑުގެ ޗެލްސީ ފުޓްބޯޅަ ކުލަބް ގަންނަން ހުށަހެޅި ބިޑު ކާމިޔާބުކޮށް ޓޮޑް ބޮއެލީއަށް ކްލަބް ވިއްކާލަން އެއްބަސްވެއްޖެކަން އެ ކުލްބުން ހާމަކޮށްފި އެވެ.

ޓޮޑް ބެއިލީ އަކީ އެމެރިކާގެ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކްލަބް، އެލްއޭ ޑޯޖާސްގެ ކޯ އޯނަރެވެ.

ޗެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޮޑް ބޮއެލީއާ އެކު އެމެރިކާގެ އިންވެސްޓްމެންޓް ކުންފުނި ކްލިއާލޭކް ކެޕިޓަލް އާއި އެމެރިކާގެ ވިޔަފާރިވެރިޔާ މާކް ވޮލްޓާ އަދި ސްވިޓްޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސް ގުޅިގެން ހިންގި ކޮންސޯޓިއަމުން ހުށަހެޅި 5.2 ބިލިއަން ޑޮލަރު އަށް ކްލަބު ވިއްކާލަން އެއްބަސްވެފައިވާ ކަމަށެވެ. .

ޗެލްސީ އިން މައުލޫމާތު ދޭގޮތުގައި ޖުމްލަ އިންވެސްޓްމަންޓްގެ ތެރެއިން 2.5 ބިލިއަން ޕައުންޑަކީ ކްލަބުގެ ހިއްސާ ގަތުމަށް ހޭދަކުރާ ވަރެވެ. އަދި ފައިސާ ޖަމާކުރާނީ ފްރީޒްކޮށްފައިވާ އިނގިރޭސިވިލާތުގެ ބޭންކް އެކައުންޓަކަށެވެ. އަދި އެއީ އޭގެ 100 ޕަސެންޓް ޗެރިޓީއަށް ހަދިޔާކުރުމުގެ ނިޔަތުގައިކަމަށާއި ފްރީޒްކޮށްފައިވާ އިނގިރޭސިވިލާތުގެ ބޭންކް އެކައުންޓަށް ޖަމާކުރުމުން އެ ފައިސާ ޓްރާންސްފާ ކުރުމަށް އިނގިރޭސި ސަރުކާރުގެ ރުހުން ބޭނުންވާނެކަމުގައި ޗެލްސީގެ ބަޔާނުގައިވެ އެވެ. ހަމައެހެންމެ އާ އޯނަރުން ކޮލަބްގެ ކުރިއެރުމަށް އިތުރު 2.5 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށްވެސް ކޮލަބުން މައުލޫމާތު ދެއެވެ.

މި ބިޑަކީ ބޮއެލީ އިސްކޮށް ހުރެގެން ހުށަހެޅި މިޑެއް ނަމަވެސް ކްލަބު ގަތުމުގެ ކަންކަން ފުރިހަމަކުރުމަށް ފަހު އެންމެ ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރާނެ ކަމަށް ބެލެވެނީ ކްލިއާލޭކް ކެޕިޓަލް އިންނެވެ. މި ހުރިހާ ކަމެއް ފައިނަލް ވެގެންދާނީ މިމަހުގެ ފަހުކޮޅުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.