އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ކިޔަވާދިނުގެ ޕްރޮގްރާމެއް ކުރިއަށްދަނީ

ހަބަރު

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި އިނގިރޭސިވިލާތުގެ އޭއޭޓީ ޕްރޮގްރާމް ހިންގުމަށް ތައްޔާރުވަނީ (ވީޑިއޯ އިންޓަވިއު)

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 މެއި 2022 , އާދީއްތަ 13:48   1246

އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްސަ ކުރެވިގެން، އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ) އާއި ގުޅިގެން ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރު ވަމުންދާކަމަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުން ބުނެފިއެވެ.

އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން އެކެމްޕަހުގެ ލެކްޗަރަރ އަދި ކޯސް ކޯޑިނޭޓަރ އައިޝަތު ރަޝީދު (އައިޝާ) ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ފެށުމަށް ތައްޔާރުވަމުންދާ މި ޕްރޮގްރާމްތަކަކީ، ވޯލްޑް ބޭންކުގެ ކޯވިޑް19 ރިލީފް އެހީގެދަށުން، މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓާއި ގުޅިގެން، ދިވެހި މަސައްކަތްތެރިން ހުނަރު ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

މިއީ ޤައުމީ ސަނަދުގެ އޮނިގަނޑުން ބަލާއިރު ލެވެލް 4 ގެ ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތަކެކެވެ. އެއީ އޭއޭޓީގެ ސެޓްފިކެޓް 3 އަދި 4 ކަމަށެވެ.

މިޕްރޮގްރާމްތަކުގައި ކިޔަވައިދޭނެ މޮޑިއުލްތަކުގެ ތެރޭގައި ބުކްކީޕިންގ އާއި ކޮސްޓިންގ އަދި ފައިނޭންސް ފަދަ މޮޑިއުލްތައް ހިމެނެއެވެ. އެހެންކަމުން މިހާރުވެސް އެޑްމިނިސްޓްރޭޓިވް އަދި ފަނޭންސް، ޕާރޗޭސިންގ އާއި ސޭލްސް ފަދަ ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ލެޖަރ އެކައުންޓްސް ބަލަހައްޓަވާ ފަރާތްތައް ފަދަ ފަރާތްތަކަށް މިއީ އެފަރާތްތަކުގެ ހުނަރުތައް އިތުރަށް ފުރިހަމަ ކުރުމަށް ލިބޭ ފުރުޞަތެއްކަމަށެވެ.

ކުރިން މާބޮޑު ކޮލިފިކޭޝަނެއް ނެތި ތަޖުރިބާތަކުގެތެރެއިން އެފަދަ ވަޒީފާތައް އަދާކުރައްވަމުން ދެންދަވާ ފަރާތްތަކަށް މިޕްރޮގްރާމްތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓް ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިއާއި ޚިލާފަށް މިފަހަރު މިޕްރޮގްރާމްތައް ކުރިއަށް ގެންދެނީ އެއްވެސް ފީއަކާއި ނުލައެވެ. މާނައަކީ މިކޯހުގެ ހުރިހާ ޚަރަދަކާއި އިމްތިޙާންތަކުގައި ބައިވެރިވުމަށްޓަކައި އިނގިރޭސިވިލާތަށް ފައިސާ ދައްކަވާނީ ވެސް ސަރުކާރުން ކަމަށެވެ. އަދި ބައިވެރިވާ ކޮންމެ ދަރިވަރަކަށް 5،000 ރުފިޔާގެ މަހު އެލެވަންސެއް (ސްޓައިޕެންޑްގެ ގޮތުގައި) ދިނުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން މަޢްލޫމާތު ދެއްވައެވެ.

ވީޑިއޯ އިންޓަވިއު : އައިޝަތު ރަޝީދު

އައިޝާ ވިދާޅުވީ ރާއްޖޭގައި އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާގައި ވަޒީފާތަކަށް ގިނަ ފުރުޞަތުތަކެއް ހުރި އިރު މީގެތެރެއިން ގިނަ ވަޒީފާތަކަކީ ބޭރުމީހުން އަތްގަދަކޮށްފައިވާ ވަޒީފާތައް ކަމަށެވެ. ނަމަވެސް ދިވެހިންނަށް މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެވަޒީފާތަކަށް ވާސިލު ވެވިދާނެކަމަށެވެ.

މިކޯސްތަކުގައި ކިޔެވުން ފެށޭނީ މޭއި މަހުގެ 22 ވަނަ ދުވަހުއެވެ. މުއްދަތަކީ 8 މަސްދުވަހެވެ. ގްރޭޑް 10 ނިންމާފައިވާނަމަ ނުވަތަ ދާއިރާ އާއި ގުޅޭ ތަޖްރިބާހުރި ކޮންމެ ފަރާތަކަށް ވެސް މިކޯސްތަކުގައި ބައިވެރި ވެވޭނެއެވެ. މިޕްރޮގާމްތަކުގެ މަޢްލުމާތު ނުވަތަ ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް ތިރީގައި މިވާ ލިންކުތަކުން ލިބޭނެއެވެ.

އޭއޭޓީ ލެވެލް 3 ގެ އެޕްލިކޭޝަން ފޯމް

އޭއޭޓީ ލެވެލް 3 އާއި ގުޅޭ މަޢްލޫމާތު

އޭއޭޓީ ލެވެލް 2 ގެ އެޕްލިކޭޝަން ފޯމް

އޭއޭޓީ ލެވެލް 2 އާއި ގުޅޭ މަޢްލޫމާތު

އިތުރު މަޢުލޫމާތު ހިތަދޫ ކެމްޕަހުގެ ފޯން ނަމްބަރު 3345242 އިން ވެސް ލިބޭނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.