ތެރަރޯޓް އާއި އަބްދްﷲ އާނިފް

ހަބަރު

އައްޑޫ އިން ބޭނި ކައްޓެޅި އެއް ދުނިޔޭގެ ރެކޯރޑް ފޮތައް

ދާނިޝް - އައްޑޫ އަތޮޅު | 8 މެއި 2022 , އާދީއްތަ 21:31   291

ރާއްޖޭގެ ކަނޑުން މިދިޔަ މާރިޗްމަހުގެ 18 ވަނަ ދުވަހު ބޭނި ބްލެކް ސްނޫކް (ކައްޓެޅި) މަހެއް، ދުނިޔެއަށް މިހާތަނަށް ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްގެ ގޮތުގައި އިންޓަރނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަންއިން ކަނޑައަޅައި، ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމަނައިފިއެވެ.

މިމަސް ބޭނީ އައްޑުއަތޮޅުގެ ކަނޑުގެ ސަރަހައްދުން 300 މީޓަރު އަޑިން ސިންގަޕޫރުގެ ދޮށި އަފައްދާ ކުންފުންޏެއް ކަމަށްވާ "ޓެމްޕަލް ރީފް" ކިޔާ ކުންފުނީގެ ދޮށިތަކެއް ޓެސްޓުކުރުމަށް އައި އެމެރިކާގެ ރައްޔިތެކެވެ.

މިމަހުގައި 14.06 ކިލޯގްރާމް ހުރިއިރު، ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ. މީގެ ކުރިން އެންމެ ބޮޑު ބްލެކް ސްނޫކެއްގެ ގޮތުގައިރެކޯޑްކޮށްފައި ވަނީ 12.50 ކިލޯ ގްރާމް ނުވަތަ 27 ޕައުންޑްސްގެ ބްލެކްސްނޫކްއެކެވެ. އެމަސް ބާނާފައި ވަނީ 2017 ވަނަ އަހަރު ޖަޕާންގެމަސްވެރިއެއްކަމަށްވާ ޓޮކުނޮއޮޝިމާ ކިޔާ މީހެކެވެ.

އައްޑޫކަނޑުން އެމަސް ބޭނި އެމެރިކާގެ ތެރަރޯޓްއާ އޭނާގެ އިންސްޓަރގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިކަން ކާމިޔާބުވުމުގައި ވަރަށް ގިނަ ބަޔަކު ވާކަމަށާ، އެގޮތުން ނޫސްވެރިން ކޮށްދިންމަސައްކަތަކީ ފާހަގަކުރެވޭ މަސައްކަތެއްކަމަށެވެ.

އޭނާ ގޮވައިގެން މަހަށްދިޔަ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓަރގެ ވެރިޔާއަބްދުﷲ އާނިފްގެ ނަންފާހަގަކޮށް އޭނާއަށް ވަނީ ހާއްސަ ޝުކުރު ވެސް އަދާކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.