އެޕަލްގެ ސްމާޓް ރިންގް

ޓެކްނޯލޮޖީ

އެޕަލްއިން 'ސްމާޓް ރިންގް' އެއް ބާޒާރައް ނެރެން ތައްޔާރުވަނީ

ދާނިޝް - އެހެނިހެން | 8 މެއި 2022 , އާދީއްތަ 22:39   483

އެޕަލް ފޯނުތަކާއި ގަޑިތަކުގެ ބަދަލުގައި މިފަހަރު އެކުންފުނިން މިސްރާބު ޖަހާފައިވަނީ ކައިވެނި ކުރާ މީހުންނަށް އަމާޒުކޮށްގެން އުފައްދާ ސްމާޓް ރިންގް ފަރުމާކޮށް ބާޒާރަށް ނެރުމަށެވެ.

މި އަނގޮޓިއަކީ އެޕަލް ކުންފުނީގެ އެހެން އުފެއްދުންތަކާ އެއްފަދައިން ގިނަ ސިފަތަކެއް ލިބިގެންވާ އަނގޮޓި އެކެވެ. މިގޮތުން އަނގޮޓީގެ ބޭސިކް ފީޗާސްތަކުގެ ތެރޭގައި މެސެޖިންއާއި އިންޓަނެޓް މިއުޒިކު އަދި ކެމެރާ ހިމެނެ އެވެ. އަދި މި ފީޗާތައް ބޭނުން ކުރެވޭނީ އެޕަލް އައިފޯނާ ގުޅައިގެންނެވެ. މީގެ އިތުރުން ޟީގެ ދެ އަނގޮޓި އެކަތި އަނެކައްޗާ ސިންކު ކުރެވޭނެއެވެ. މި ފީޗާރގެ ސަބަބުން ދެމަފިރިންނަށް އެކަކު އަނެކަކު ހުރި ތަނެއް ފަސޭހަކަމާއެކު އެގިގެންދާނެއެވެ.

އެއް އަނގޮޓިން ސިންކު ނިއްވާލައިފިނަމަ އަނެއް އަނގޮޓިއަށް އޭގެ ނޮޓިފިކޭޝަން ލިބޭނެއެވެ.

ހަމައެއާއެކު ސްމާޓް ރިންގްގެ އިތުރު ފީޗާތަކުގެ ތެރޭގައި ހިތުވިންދާއި ލޭގެ ޕްރެޝަރު ބެލުން ހިމެނެ އެވެ.

އެޕަލްގެ މި އަނގޮޓިއާއެކު ކައިވެނިތަކުގައި ދޮގުހެދުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ،

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.