ނަރުހުންގެ ދުވަހާއި ގުޅުވައިގެން އޭއީއެޗް އިން ބާއްވާ 'ނާރސިންގ ކޮންފަރެންސް' ތެރެއިން

ހަބަރު

އޭއީއެޗްގެ ނަރުހުން ކޮންފަރެންސް އަކާއި އެކު 'ނަރުހުންގެ ހަފްތާއެއް' ފާހަގަ ކުރަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މެއި 2022 , ހޯމަ 11:26 1   1178

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 'ނާރސިންގ ވީކް' އެއް ނުވަތަ ނަރުހުންގެ ހަފްތާއެއް ކުރިއަށް އެބަ ގެންދެއެވެ.

މިގޮތުން މިއަދު (ހޯމަ ދުވަހު) ގެ ހެދުނު 9.00 އިން މެންދުރުފަހު 2.00 އަށް ބާއްވާ 'ނަރސިން ކޮންފަރެންސް' ފެށިގެން ކުރިއަށް އެބަދެއެވެ.

"ނާރސިންގ ވޯކްފޯސް: އިނޯވޭޓިވް އިންޓަރވެންޝަންސް ޓު ސިކުއަރ ގްލޯބަލް ހެލްތް" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގައި ނަރުހުންގެ މަސައްކަތާއި ގުޅޭގޮތުން ތަފާތު 13 ކަރުދާހެއް ހުށަހަޅާނެއެވެ.

ފޮޓޯ: އޭއީއެޗް ގެ ނަރުހުން ކަރުދާސް ހުށަހަޅުއްވަނީ

މިއީ މިފަދަ ކޮންފަރެންސެއް ބާއްވާ ފުރަތަމަ ފަހަރެވެ. ނާސިން ޑިރެކްޓަރ ސޯފިޔާ އަބަދު‌‏ﷲ ވިދާޅުވީ ސިލްސިލާ ގޮތެއްގައި މިފަދަ ކޮންފަރެންސްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަކީ ހޮސްޕިޓަލުގެ އުއްމީދެއް ކަމުގައެވެ. އަދި އިންޓަނޭޝަނަލް ނަރުހުންގެ ކޮންފަރެންސެއް އިންތިޒާމު ކުރުމަކީ ވެސް ހޮސްޕިޓަލުގެ ވަރަށް ބޮޑު އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ސޯފިޔާ ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަރުހުންގެ ހުނަރާއި ޢިލްމީ ޤާބިލްކަން އިތުރުވެ، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޮޑު އެހީތެރިކަމަކަށް ވެގެންދާނެކަމަށް ހޮސްޕިޓަލުގެ ފަރާތުން މަޢްލޫމާތު ދެއްވާފައި ވެއެވެ. މައިގަނޑު މަޤްސަދަކީ ޕޭޝެންޓް ކެއަރ ރަނގަޅުކުރުން ކަމަށެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮސްޕިޓަލް ހިންގެވުމާއި ޙަވާލުވެ ހުންނެވި، ސީއީއޯ ޑރ.މުހައްމަދު ޞާލިހު ވަނީ މި ކޮންފަރެންސް ބޭއްވިގެން ދިޔުމަކީ ހޮސްޕިޓަލުގެ ނަރުހުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ސްޓާފުންގެ ކުރިއެރުމަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޙަރަކާތްތައް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

- - - - - - - - - - -

Follow us on Facebook for more updates, Fb.com/ExpressnewsMV

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.