އޭއީއެޗް އިން ބަލިމީހުންނަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދެނީ

ހަބަރު

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މެއި 2022 , ހޯމަ 16:14   627

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން "ހޯމް ވިޒިޓް" ގެ ނަމުގައި އައްޑޫގެ ގޭބީސީތަކަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާއި ގުޅުވައިގެން އެހޮސްޕިޓަލުން ކުރިއަށްގެންދާ "ނާރސެސް ވީކް" ގެ ތެރޭގައި ރާވާފައިވާ މިޙަރަކާތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މޭއި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ މޭއި މަހުގެ 12 ވަނަ ދުވަހެވެ.

ފޮޓޯ : ނަރުހުން ގޭގެއަށް ޒިޔާރަތްކޮށް ފަރުވާ ދެނީ

ހޮސްޕިޓަލުގެ ފަރާތުން މަޢްލޫމާތު ދެއްވާފައިވާގޮތުގައ، ޕްރޮގްރާމަކީ ހޮސްޕިޓަލުގެ އޯޕީޑީ އަދި ލޭބާރ ރޫމްގެ ނަރުހުންގެ އިސްނެގުމާއި އެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޖުމްލަ 13 ނަރުހުން ގޭގެއަށް ޒިޔާރަތް ކުރަމުންދާނީ ދެ ގުރޫޕަކަށް ބަހާލެވިގެން ނެވެ. އެއް ގުރޫޕް ހިތަދޫގެ ގެތަކަށް ޒިޔާރަތް ކުރަމުންދާއިރު، އަނެއް ގުރޫޕް ޙަރަކާތްތެރިވާނީ ހުޅުދޫ އާއި މީދޫ ގައެވެ.

މިގެ އިތުރުން ވެސް ފައިދާހުރި ރަނގަޅު ކާނާ (ނިއުޓްރިޝަން) އާއި ދުވަހުން ދުވަހަށް ސިއްޙީގޮތުން އަހައްމިއްޔަތުކަން ދޭންޖެހޭ ކަންކަމާއި ގުޅޭ މަޢްލޫމާތު ޢާއްމުންނަށް ފޯރުކޮށް ދިނުމަށްޓަކައި އިތުރު ޕްރޮގްރާމެއް "ހޯމް ވިޒިޓް" ޕްރޮގްރާމަށް ފަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެތެރެއިން މައިގަނޑުގޮތެއްގައި އަލި އަޅުވާލާނެ ބައެއް ކަންކަމުގެ ތެރޭގައި އަމިއްލަ ސާފުތާހިރުކަން، ނެސޯގެސްޓްރިކް ކަންކަމަށް ފަރުވާ ބެހެއްޓުމާއި، ޔޫރިނަރީ ކެތީޓާ އާއި ގުޅޭކަންކަން ހިމެނޭނެ ކަމަށެވެ. ހަމައެހެންމެ ހެލްތް ޗެކް-އަޕް ހެދުމާއި، ލޭގެ ޕްރެޝަރ ބެލުން، ހަކުރު ހުރި މިންވަރު ބަލައި ދިނުމުގެ ޚިދުމަތް ވެސް މިޕްރޮގްރާމްތެރެއިން ފޯރުކޮށްދޭނެކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.