ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން

ދުނިޔެ

ސްރީލާންކާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން މަޖިލިސް މެންބަރެއް މަރުވެއްޖެ

ދާނިޝް - ލަންކާ | 10 މެއި 2022 , އަންގާރަ 11:02   396

ސްރީލަންކާއަށް ދިމާވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ހާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާއިދުކުރާ ފަރާއްތަކާ ދެމެދު ކުރިއަށް ދަމުންދާ ހަމަނުޖެހުމުގެ ތެރެއިން މަޖިލިސް މެންބަރެއް މަރުވެއްޖެއެވެ. މީގެ އިތުރުން ޢާއްމުންގެ ދެ މީހަކުވެސްވަނީ މި ހަމަނުޖެހުންތަކުގައި މަރުވެފައެވެ.

މި ހަމަނުޖެހުމުގެ ތެރެއިން އެ ޤައުމުގެ ޢާއްމުން ދަނީ ޤައުމުގެ އިސްވެރިންގެ ގެދޮރާއި މުދަލާއި ތަންތަނުގައި ހުޅުޖަހަން ފަށައިފިއެވެ. އަދި ޕާލަމެންޓް ގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުންގެ ގެތަކަށާއި އެމީހުންގެ މުދަލަށް ހަމަލާދޭންވެސް ބައެއް އާންމުން މަސައްކަތްކުރާ ކަމަށް އެޤައުމުގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލްންކާގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިނަމަވެސް ޢާއްމުން ވަނީ އެކަމަށް ގޮނަޖަހައި މުޒާހަރާތަކާއި ކުރިމަތިލުންތައް އިތުރައް ވަރުގަދަ ކޮށްފައެވެ. އަދި މި ކުރިމަތިލުންތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދީ ތަޅާފޮޅައި ހަދަމުންދާއިރު، މުޒާހަރާތައް ރޫޅުމަށް އެގައުމުގެ ފުލުހުން ކުރާ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނައް އެތައް ސަތޭކަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

މިދަނޑިވަޅާއި ދިމާކޮށް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާގަޕަކްސަވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ރާޖަޕަކްސަ މަގާމުން އިސްތިއުފާ މިދެއްވީ މީގެ ދުވަސްތަކެއް ކުރިން އިސްތިއުފާ ނުދެއްވާނެކަމަށް ހާމަކުރެއްވުމުގައި ކަމަށް ފާހަގަވެއެވެ. ސްރީލަންކާގެ މީޑިޔާ ތަކުން ރިޕޯޓޫކުރާ ގޮތުގައި ޢާއްމުންވަނީ ރާޖަޕަކްސަގެ 2 ގެއަކާއި ފިހާރައެއްގައިވެސް ހުޅުޖަހައިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.