ފަރަންސޭސި ރައީސް މެކްރޮން ޒެލެންސްކީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި ސަލާމް ކުރައްވަނީ

ދުނިޔެ

ޔޫކްރޭނަށް އީޔޫ މެމްބަރުކަން ދޭން ދަހަރުތަކެއް ނަގާނެ: ފްރާންސް

އަލީ އަޒްޔަން - ޔޫރަޕް | 10 މެއި 2022 , އަންގާރަ 11:01   381

ޔޫކްރެއިން އިން ޔޫރަޕްގެ އިއްތިހާދު (އީޔޫ) އަށް ވަންނަން ހުށަހަޅާފައިވާ ހުށަހެޅުން ޤަބޫލުކޮށް، މެމްބަރުކަން ދޭން ދަހަރުތަކެއް ނަގާނެކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމޭނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

އީޔޫގެ މަޖްލީސްކުރާގޭގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ އިޔޫ މެމްބަރުކަން ކަށަވަރުވަންދެން ޔޫކްރެއިން އަށް "ޔޫރަޕިއަން ކޮމިއުނިޓީ" އާއި ގުޅި އެކުގައި މަސައްކަތް ކުރެވިދާނެކަމަށެވެ. މެކްރޮން މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދެއްކަމަށްވާ ޑޮންބަސްގައި ވަރަށް ވަރުގަދަ ޙަމަލާތަކެއްދީ ރަޝިޔާ އިން ކުރިހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިން އިން އީޔޫގެ މެމްބަރުކަމަށް އެދި ހުށަހެޅުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ. އެއީ ރަޝިއާ އިން ޔޫކްރޭނަށް އެރިތާ ހަތަރު ދުވަސް ފަހުންނެވެ.

"އަހަރުމެން އެންމެންނަށް ވެސް އެބަ އިނގޭ [ޔޫކްރޭން] އީޔޫ އަށް ވައްދަން އަހަރުތަކެއް ނޫނީ ދަހަރު ތަކެއް ވެސް ނަގާފާނެކަން"، މެކްރަން ބުނެފައި ވެއެވެ.

އިތުރަށް ބުނެފައިވަނީ "ޙަޤީގަތަކީ، އެގޮތަށް އެކަން ކުރާނަމަ، އަހަރުމެން ޖެހޭނީ އަހަރުމެންގެ ފެންވަރުތަކާއި މިންގަނޑުތައް ދަށްކުރަން. އަދި އީޔޫގެ އެއްބައިވަންތަކަމާއި ދޭތެރޭ އާވިސްނުން ތަކަކަށް ދާން".

ބީބީސީ ބުނާގޮތުން ޔޫކްރެއިނުން މިހާރު ވަނީ ދެވަނަ ބުރުގެ ސުވާލުތަކަށް ޖަވާބު އަރުވާފައެވެ.

ޔޫކްރެއިންގެ ރައީސް ވުލާޑިމިއަރ ޒެލެންސްކި ވަނީ، އީޔޫ އަށް ޔޫކްރެއިން ވެއްދުމަށްޓަކާއި ޚާއްސަ މިންގަނޑުތަކެއް އެކުލަވާލަ ދެއްވުމަށް އީޔޫގެ ކިބައިން އެދިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.