ޅަވިޔަނި އަތޮޅުގެ މަސްދޯންޏެއް ކަމަށްވާ "ޓަވޯނާ" ދޯނިން މަހައްދިޔަ މަސްވެރިޔަކު ކަނޑަވެއްޓި، މިޔަރެއް އެމަސްވެރިޔާ އަށް ޙަމަލާ ދީފިއެވެ.
އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަމުން ޢާއިލާގެ މީހަކު މަޢުލޫމާތު ދީފައިވާގޮތުގައި މަސްވެރިޔާ ކަނޑަށް ވެއްޓުނީ ކަނދުފަށްޗެއްގެ ކައިރީ މަސްބާނަން ހުއްޓައެވެ. މިޙާދިޘާ ހިނގާފައިވަނީ މިއަދު (އަންގާރަ ދުވަހު) ގެ ހެނދުނުގެ ވަޤުތެއްގައެވެ.
ކަނޑަށް ވެއްޓުނު މީހާ އަނބުރާ ދޯންޏަށް އަރުވާފައިވަނީ ޅ.ތިލަމާފުށި ރިސޯޓް އާއި ދިމާލުން ބޭރުން ނެވެ. މިއަދަކީ ކަނޑުވެސް އާދަޔާއި ޚިލާފަށް ގަދަ ދުވަހެއް ކަމަށް މަޢްލޫމާތު ލިބެއެވެ.

ފޮޓޯ: މަސްވެރިޔާ ދަތުރުކުރި ޓަވޯނާ ދޯނި ދަތުރު ކުރަމުންދާ މަންޒަރު
މިޔަރު ޙަމަލާ ދީފައިވަނީ މަސްވެރިޔާގެ ކުޑަކަޅުވާ މަސްގަނޑަށެވެ. ލޭމަނާ ކުރެވިފައިވީ ނަމަވެސް ވަރަށް ބޮޑަށް ހަފާލާފައިވާކަމަށް ފަޅުވެރިންނާއި ޙަވާލާދީ ޢާއިލާއިން ބުނެއެވެ.
އަނިޔާ ލިބިފައިވާ މަސްވެރިޔާ މަސްވެރިޔާ އެދޯނީގައި ނައިފަރު އަތޮޅު ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ އެހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މިފަދަ އެހެން ޙާދިޘާއެއް ހަމަ ނައިފަރުގައި ހިނގާފައިވެއެވެ.