އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ލެކްޗަރަރ އާމިނަތު ސުނީޒާ، އެކްސްޕްރެސް ނޫހާއި އެކު

ހަބަރު

ނަރުހުންގެ ދުވަސް : އިންޓަވިއު ވިތް އާމިނަތު ސުނީޒާ، އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ސްކޫލް އޮފް ނާރސިންގ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 މެއި 2022 , ބުރާސްފަތި 16:24   829

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ) ގެ ސްކޫލް އޮފް ނާރސިންގ އިން ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހަކީ 12 މޭއި 2022 އެވެ. މިދުވަސް ފާހަގަ ކުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙައްރަކާތްތައް ކުރިއަށް އެބަ ގެންދެއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، އެމްއެންޔޫ ގެ ލެކްޗަރަރ އާމިނަތު ސުނީޒާ ވިދާޅުވީ ސްޕޯރޓްސް މީޓެއްގެ އިތުރުން ވަރަށް ޚާއްސަ ނަރުހުންގެ ކޮންފަރެންސެއް ބޭއްވުމަށް ރާވާފައިވާކަމަށެވެ.

މިކޮންފަރެންސްގައި އެމްއެންޔޫ ސްކޫލް އޮފް ނާރސިންގ ގެ ޑީން އާއި އެކު ސީނިއަރ އިތުރު ލެކްޗަރަރ އިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިކޮންފަރެންސް މެދުވެރިކޮށް ދަރިވަރުން ހަދާފައިވާ ލިޓްރޭޗަރ ރިވިއު ޕޭޕަރުތައް ހުށަހަޅައިދިނުން އޮންނާނެއެވެ. މީގެ ސަބަބުން މި ރިސާރޗްތަކުގެ މަޢްލޫމާތު [އެހެން] ދަރިވަރުންނަށާއި އަދި ނަރުހުންގެ މަސައްކަތުގައި އުޅުއްވާ ނަރުހުންނަށް ލިބިގެންދާނެއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދީ، ފަހުގެ ސައެންޓިފިކް މެތަޑްތައް ތަޢާރަފްވެގެން ދިއުމަށް ހިތްވަރު ލިބިގެންދާނެއެވެ.

ސުނީޒާ އިތުރަށް ވިދާޅުވީ، މުޖްތަމަޢާއި ވަރަށް ބޮޑަށް ގުޅުން ހުރި މިމަސައްކަތުގައި، ދޭވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަކަން ދަރިވަރުންނަށް ކިޔެވުމުގެ ތެރެއިން ހިމެނާފައިވާނެ ކަމަށެވެ.

އަދި އެމްއެންޔޫ ހިތަދޫ ކެމްޕަހަކީ މިހާރު ފުލީ އިކުއިޕްޑް ނާރސިންގ ލެބެއް ހުރިތަނެއްކަމަށެވެ. ކިޔެވުމަށް ބޭނުންވާނެ ހުރިހާ ފޮތްތަކާއި އޮންލައިން ޑޭޓާބޭސްތައް ވެސް ހުންނާނެކަމަށެވެ. އައްޑޫ ސިޓީގެ އިތުރުން މިސަރަޙައްދުގެ އެހެން ރަށްރަށް ނިސްބަތްވާ ދަރިވަރުންނަށްޓަކައި ހެދިފައިވާ ދަނާލެއް ވެސް ކެމްޕަސް ޢިމާރާތާއި ކައިރީގައި އެބަހުއްޓެވެ.

އައްޑޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެކި ފަންތީގައި އެމްއެންޔޫގެ ސްކޫލް އޮފް ނާރސިންގ އިން ތަޢްލިމް ޙާޞިލްކޮށްފައިވާ ދަރިވަރުން އެބަތިއްބެވެ. މިއީ ހިތަދޫ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް އޮތް އަގުހުރި ފުރުޞަތެއް ކަމަށް ވެސް ސުނީޒާ ވިދާޅުވިއެވެ.

ވުމާއި އެކު ސިއްޙީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުން މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެދިފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.