ގޫގުލް ޓްރާންސްލޭޓާރ ގައި "ކޮބާ އާދޭ ދާން؟" ޖެހީމަ އަންނަނީ "ކޮންތަނަކަށްހެއްޔޭ ތިދަނީ؟"

ޓެކްނޯލޮޖީ

ދިވެހި ބަހަކީ މަޖާޒީ ބަހެއް، ގޫގްލްއިން ތަރުޖަމާކޮށްލީމާ އަންނަނީ އެހެންގޮތަކަށް

އަލީ އަޒްޔަން - ކ. މާލެ | 12 މެއި 2022 , ބުރާސްފަތި 22:02   287

ގޫގުލް އިން އެކުންފުނީގެ ތަރުޖަމާކުރާ އެޕް، "ގޫގުލް ޓްރާންސްލޭޓަރ" އިން އަލަށް އިތުރުކުރި 23 ބަހުރުވައިގެ ތެރޭގައި ދިވެހި ބަސް މިހާރު ވަނީ ހިމަނާފައެވެ. މިކަން ގޫގުލް އިން އިޢްލާންކޮށްފައި ވަނީ ގޫގުލް އިން ބޭއްވި ޑިވެލޮޕަރުންގެ ކޮންފަރެންސްގައެވެ.

އެހެންކަމުން މިހާރު ގޫގުލްގެ ނެޓްވޯކް މެދުވެރިކޮށް ދުނިޔޭގެ 133 ބަހުރުވަ ތަރުޖަމާ ކުރެވޭނެއެވެ.

ނަމަވެސް، މިޓެކްނޮލޮޖީ މަސައްކަތް ކުރާގޮތާއި، ބަހުގެ ގޮތުން ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އެންމެ 450،000 މީހުން ވާހަކަ ދައްކާ ދިވެހި ބަހަކީ ދުނިޔޭގެ ނިސްބަތުން ވަރަށް މަދު ބަޔަކު ބޭނުންކުރާ ބަހުރުވައެކެވެ. އަދި ބަހުރުވަތަކަށް ބަލާއިރު ވެސް، އެހެންބަހުރުވަތައް އެހާމެ ގިނައެވެ. އަދި ދިވެހި ބަހަކީ މަޖާޒީ ބަހެއް ވެސް މެއެވެ.

ދިވެހިންނަކީ ޅެމާއި، ފަރިހި، އަދި ރައިވަރުން ވާހަކަދައްކަައި އުޅުނުބައެކެވެ. ގިނަފަހަރު އެބުނާ އެއްޗެއްގެ މާނަ އޮންނާނީ އެބުނާ މީހެއްގެ ބަނޑުގައެވެ. ސީދާކޮށް އެއްޗެއް ބުނާނީ މަދު ފަހަރަކު އެވެ.

މިސާލަކަށް، އަހަރަމެން ކިޔާ ކޮންމެ އެއްޗެއްގެ ކުރިއަށް "ކޮބާ" ލައިގެން ކިޔުމަކީ އާދައެކެވެ. އަދި މަޖާ ކަމެކެވެ. ނަމަވެސް އެގޮތަށް ގޫގަލްގައި ލިޔެފިނަމަ މާނަ އެއްކޮށް ބަދަލު ވެގެންނެވެ.

ގޫގުލްގައި ދިވެއްސަކު ތަރުޖަމާކުރަން މަސައްކަތްކޮށްފައި

ހަސަން އުގެއިލް އޭނާގެ ފޭސްބުކް ވޯލްގައި ކޮށްފައިވާ ޕޯސްޓެއް

ތަރުޖަމާކުރުމުގެ ޓެކްނޮލޮޖީ ކުރިއެރުވުމަށްޓަކައި، ދިވެހިންގެ ފަރާތުން އެހީތެރިންކަން ދޭންޖެހެއެވެ. ގޫގުލް އާއި މައިކްރޯސޮފްޓް ފަދަ ކުންފުނިތަކަށް މިހާރުވެސް ދިވެހިންގެ ތެރެއިން ބަޔަކު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.