ރޯވި ޢިމާރާތުގެ ބޭރުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ

ދުނިޔެ

އިންޑިއާ ގައި އޮފީސް ޢިމާރާތެއްގައި ރޯވެ އެތައްބަޔަކު މަރުވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 14 މެއި 2022 , ހޮނިހިރު 02:44   430

އިންޑިއާގެ ވެރިރަށް ދިއްލީގެ ހަތަރު ބުރީގެ ޢިމާރާތެއްގައި ރޯވާން ފެށި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގޮސް 27 މީހުންނަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުންނަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓާތަކަށް ފަރުވާދިނުމަށްޓަކައި ގެންދެވިފައިވެއެވެ.

އަލިފާން ރޯވިއިރު ޢިމާރާތުގެތެރޭގައި 70 އަށްވުރެ ގިނަ މީހުން ތިއްބެވެ. މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނަށް ޖެހުނީ ވާޖަހައިގެން މައްޗަށްއަރައި ކުޑަދޮރުތައް ތަޅާލައި އެތެރެއަށް ވަންނާށެވެ.

މުންޑްކާ ރޭލު ސްޓޭޝަނާއި ކައިރީގައި ރޯވި މިއަލިފާން ނިވާލުމަށްޓަކައި 20 އަށް ވުރެ ގިނަ އަލިފާންނިވާ ވެހިކަލް ބޭނުންކޮށްފައިވާކަމަށް އޭއެންއައި ނޫހާއި ޙަވާލާދީ ބީބީސީން ބުނެފައިވެއެވެ.

އިންޑިއާގެ މީޑިއާތައް ބުނާގޮތުން މިޙާދިޘާ އާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފައިވެއެވެ. އެކަމަކު މިޙާދިޘާ ހިނގާފައިވާކަމަށް ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓަކުންކަމަށް ބެލެވޭކަމަށް ވެއެވެ.

މި ޙާދިޝާގައި ދުނިޔެދޫކުރި ފަރާތްތަކުގެ ވާރިޒުންނަށް ބަދަލެއްގެގޮތުން ކޮންމެ މީހަކަށް 200،000 އިންޑިއާ ފައިސާ ދިނުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ ވަނީ ނިންމާފައެވެ. އަދި ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

މަރުވި ގިނަމީހުން ތާށިވެފައި ތިބީ ޢިމާރާތުގެ ދެވަނަ ބުރީގައެވެ.

ޓެގްސް: އަލިފާނުގެ ޙާދިޝާ އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.