އެމްޑީޕީގެ ދިދަ ވިހުރެނީ - ފޮޓޯ އެމްޑީޕީ

ހަބަރު

އެމްޑީޕީ އިންތިޚާބު: ހުރިހާ ފޮއްޓެއް ގުނާ ނިމުނުއިރު %58 އެކު ކުރީގައި އުޅުއްވަނީ ފައްޔާޒް

އަލީ އަޒްޔަން - ކ. މާލެ | 14 މެއި 2022 , ހޮނިހިރު 21:53   457

އެމްޑީޕީ ހިންގަން ޙަވާލުވާނެ ފަރާތެއްގެ ގޮތުން ޗެއަރޕާސަން އެއް ކަނޑައެޅުމަށާއި، އެޕާޓީގެ ގުނަންތައްކަމުގައިވާ އަންހެނުންގެ ރޫޙު އަދި ޒުވާނުންގެ ހިތްވަރު ހިންގުމަށް ރައީސުން އިންތިޚާބުކުރުމަށްޓަކައި ބާއްވި އިންތިޚާބު ނިމި ވޯޓު ގުނުން ނިންމައިވފިއެވެ.

ވޯޓުލާ ނިމި ގުނަން ފަށI ވަނީ އިރުއޮއްސި 6.30 ގައެވެ.

މިއިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފޯރިއާއި އެކު ކުރިއަށް ގެންގޮސްފައިވަނީ ޗެއަރޕާސަންގެ ކެމްޕޭނެވެ. ޗެއަރޕާސަންކަމަށް ވާދަކުރައްވާ ދެބޭފުޅުންކަމަށްވާ އިމްތިޔާޒް ފަހުމީ (1) އާއި ފައްޔާޒް އިސްމާއިލް (2) ވަނީ ލައިވް ޓީވީގައި ބަހުސްކުރައްވާފައެވެ. އަންހެނުންގެ ރޫހު ގޮފީގެ ރައީސާކަމަށް ކުރިމަތިލައްވާފައިވަނީ ސަފާހަތު އަހުމަދު ޒާހިރު (1) އާއި ރޮޒެއިނާ އާދަމް (2) އެވެ.

މިއިންތިޚާބުގައި ވޯޓުގެ ނަތީޖާތައް :

ޗެއަރޕާރސަން ކަމަށް އިމްތިޔާޒް ފަހުމީ (އިންތި) އާއި ވާދަކޮށް 7522 ވޯޓުގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ ފައްޔާޒު އިސްމާއިލް (ފަޔާ) އެވެ.

މި އިންތިޚާބުގައި އިންތި އަށް 20855 ވޯޓު ލިބިވަޑައިގެންނެވި އިރު ފަޔާ އަށް ލިބިވަޑައިގެންނެވީ 28520 ވޯޓެވެ.

އިސްކަންދަރު ސްކޫލްގައި ވޯޓްލާން ތައްޔާރުވެފައި (ފޮޓޯ: އާފް)

އިސްކަންދަރު ސްކޫލްގައި ބެހެއްޓިފައިވާ ވޯޓުފޮށި. ވޯޓުފޮށި ގެނައީ 9.30 ގައި. ވޯޓު ލާން ފެށުނީ 10.15 ގައި

މާލޭ ސަރަޙައްދުގައި ވޯޓުފޮށިތައް ބެހެއްޓިފައިވާ ތަންތަން

ހިތަދޫ ސްކޫލްގައި ބެހެއްޓިފައިވާ އެސް 1-04 ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ [1.30]

ކަލާފާނު ސްކޫލްގައި ބެހެއްޓިފައިވާ ޓީ14-ޓީ ނަމްބަރު ފޮށްޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މީހުން ވޯޓުލަނީ

ގދ. ތިނަދޫ އުތުރު ދާއިރާގެ ވޯޓު ފޮއްޓަށް ތިނަދޫ ކައުންސިލްގެ ރައީސް ވޯޓުއަޅުއްވަނީ [14.05]

ކަލާފާނު ސްކޫލްގައި ވޯޓުލުން ކުރިއަށް ދަނީ

ބޯ ވިއްސާރައިގައި މާލޭގައި މީހުން ވޯޓުލާން ނިކުމެ (ވީޑިއޯ)

ކަލާފާނު ސްކޫލްގައި ވޯޓުލުން ކުރިއަށް ދަނީ (ވީޑިއޯ)

ކަލާފާނު ސްކޫލް ގައި ބެހެއްޓިފައިވާ ސ.ފޭދޫ ދާއިރާގެ ވޯޓްފޮށި ހުރި ސަރަޙައްދުން (ފޮޓޯތައް)

ހަވީރު 6 ޖަހެންދެން ވަގުތު އިތުރުކޮށްފިކަމަށް އެމްޑީޕީ އިން ބުނެފި 16.30

ފޮށިތައް ބަންދުކޮށް ވޯޓުކަރުދާސް ތަރުތީބުކޮށް ގުނަން ތައްޔަރުވަނީ. ވޯޓު ގުނަން ފަށާނީ 18.30 ގައި. [18.12]

އިސްކަންދަރު ސްކޫލްގައި ހުރި ހުޅުދޫ ދާއިރާގެ ވޯޓުފޮށު ބަންދުކުރާނީ 6.45 ގައި، ވޯޓުލުން ކުރިއަށް [18.20]

މިހާތަނަށް އައިއިރު މާބޮޑު މައްސަލަތަކެއް ފާހަގަ ނުކުރެވޭ. ވަގުތު އިތުރު ކުރުމާއި ގުޅިގެން ޗެއަރޕާރސަންކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވޭ. އަދި ވޯޓުކަރުދާސް އިތުރުދިނުމުގެ ޝަކުވާތައް ހުށަހަޅާފައިވޭ. އެމްޑީޕީ އިން ބުނެފައިވަނީ ވަގުތު އިތުރުކޮށްފައިވަނީ ބައެއް ފޮށި ތަކުގެ ވޯޓުލުން ފެށުން ލަސްވުމާއި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލުމަށް ވަޤުތު އިތުރުކުރަން ޖެހުނުކަމަށް. އަދި ހުށަހެޅިފައިވާ ޝަކުވާތައް، ޝަކުވާތަކާއި ބެހޭ ކޮމިޓީއިން ބަލަމުންދާކަމަށް އެމްޑީޕީއިން ބުނެފައިވޭ. [18.33]

ނަތީޖާތައް އިޢުލާން ކުރުމަށް ތައްޔާރުވަނީ [18.37]

ވޯޓުލުން ނިންމައި ފޮށިތައް ބަންދުކޮށްފި. [ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ]

ކައުންޓު (މާލޭގައި)

Hithadhoo Medhu 100

Feydhoo 271

Maradhoo 101

Hithadhoo Medhu 116

Meedhoo 118

Hithdhoo Uthuru 152

ސ.ފޭދޫގައި ހުރި ފޭދޫ ދާއިރާގެ ވޯޓުތައް ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ [18.52]

ހުޅުމީދުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ [18.55]

ސ.ފޭދޫ ސްކޫލް ފޮށީ ބައިއެޅުމުގު މަސައްކަތް ކުރިއަށް ދަނީ [19.02]

ގދ. ތިނަދޫ ދެކުނު ދާއިރާގެ ފޮށި ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ [19.05]

ތިނަދޫ އުތުރު ދާއިރާ ވޯޓުގުނުން ކުރިއަށް [19.16]

ހިތަދޫ އުތުރު ދާއިރާގެ ވޯޓުގުނުން ކުރިއަށް ދަނީ [21.26]

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.