ފައްޔާޒް އިސްމާއިލް ކާމިޔާބުކުރެއްވި ދާއިރާތަކާއި ލިބުނު ވޯޓުތައް

ހަބަރު

އިންތިޚާބުގެ ނަތީޖާ (ފަސޭހަ އެނާލިޓިކްސް)

އަލީ އަޒްޔަން - ކ. މާލެ | 15 މެއި 2022 , އާދީއްތަ 11:21   343

ޗެއަރޕާރސަން ކަމަށް އިމްތިޔާޒް ފަހުމީ (އިންތި) އާއި ވާދަކޮށް 7522 ވޯޓުގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ ފައްޔާޒު އިސްމާއިލް (ފަޔާ) އެވެ.

މި އިންތިޚާބުގައި އިންތި އަށް 20855 ވޯޓު ލިބިވަޑައިގެންނެވި އިރު ފަޔާ އަށް ލިބިވަޑައިގެންނެވީ 28520 ވޯޓެވެ.

ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރުދުވަހުގެ ހެނދުނު 9 އިން އިރުއޮއްސި 6 އަށެވެ.

އާބާދީ ބޮޑުތަން ތަނުން ވޯޓު ލިބިފައިވާ ގޮތް

ބޮޑެތި އާބާދީތަކަށް ބަލާއިރު ފުވައްމުލަށް ފިޔަވައި އެހެން ހުރިހާ ތަނަކުން ވޯޓު ކާމިޔާބު ކުރައްވާފައިވަނީ ކެންޑިޑޭޓް ނަމްބަރު ދޭއް، ފައްޔާޒް އިސްމާއިލް އެވެ. ނަތީޖާގައި އެންމެ ފަރަގު ބޮޑު އަތޮޅެއް ކަމަށް ފާހަގަ ކުރެވެނީ ގއ އަތޮޅެވެ.

އިމްތިޔާޒް ފަހުމީ ކާމިޔާބުކުރެއްވި ދާއިރާތައް

ފުވައްމުލަށް ވެސް ހިމެނޭގޮތަށް އިމްތިޔާޒް ފަހުމީއަށް ކާމިޔާބު ކުރެވުނީ ޖުމްލަ ތިން އަތޮޅަކުންނެވެ. އެއީ ވ، ޏ، އަދި ދ އަތޮޅެވެ. އެކަމަކު ނަތީޖާ އުޅެނީ އެވްރެޖް ގޮތެއްގައި ތަފާތު ކުޑަކޮށެވެ.

ފައްޔާޒު އިސްމާއިލް ކާމިޔާބުކުރެއްވި ދާއިރާތައް

އެކާވީސް ސަރަޙައްދުގެ ތެރެއިން އިންތިއަށް ކާމިޔާބުކުރެވުނު ތިން ސަރަޙައްދު ފިޔަވައި ދެން އޮތް 18 ސަރަޙައްދުން (އަތޮޅުން) ކާމިޔާބު ހޯއްދެވީ ފައްޔާޒު އިސްމާއިލް އެވެ. އޭގެތެރޭގައި ފުވައްމުލަށް ފިޔަވައި އެހެން ހުރިހާ ސިޓިތައް ވެސް ހިމެނެއެވެ. މީގެތެރެއިން އެންމެ ތަފާތުބޮޑުކޮށް ފައްޔާޒު ކުރި ހޯއްދެވީ ޝަވިޔަނި ޅ.އަތޮޅާއި ށ.އަތޮޅުންނެވެ. ހއ، ހދ، އަދި ރ. އަތޮޅުން ވެސް ތަފާތު ބޮޑެވެ. އައްޑު އަތޮޅާއި މާލެ ސަރަޙައްދުގެ ނަތީޖާތައް ހުރީ ދާދި އެއްކަހަލަ ގޮތަކަށެވެ.

އައްޑޫ ސިޓީގެ އަވަށްތަކުން ވޯޓު ލިބިފައިފާ ގޮތް

އައްޑޫސިޓީގެ ނަތީޖާތަކަށް ބަލާލާއިރު ހިތަދޫ މެދު ދާއިރާ އާއި މަރަދޫ ދާއިރާ ކާމިޔާބު ކުރީ އިމްތިޔާޒް ފަހުމީ އެވެ. އައްޑޫ އިން ފައްޔާޒަށް އެންމެ ކާމިޔާބު ދާއިރާގެ ގޮތުގައި އޮތީ އެކުގައި ކެމްޕޭނުކުރެއްވި ރޮޒެއިނާ އާދަމްގެ ދާއިރާކަމުގައިވާ މީދޫ ދާއިރާއެވެ. ހަމަ އެގޮތަށް ފޭދޫ ދާއިރާގައިވެސް ހުރީ ތަފާތު ބޮޑުކޮށެވެ. ހިތަދޫ އުތުރު އަދި އަދި ހުޅުދޫ ދާއިރާތައް އޮތީ ތަފާތު ކުޑަ ދާއިރާތަކުގެ ގޮތުގައެވެ.

ހިތަދޫގެ ދާއިރާތަކުގެ ނަތީޖާތައް

އައްޑޫ ސިޓީގައި ޖުމްލަ ނަތީޖާއަށް ބަލާއިރު ކުރި ހޯއްދެވީ އިމްތިޔާޒް ފަހުމީ އެވެ. އެއީ 75 ވޯޓުގެ ތަފާތަކުންނެވެ.

ބެހެއްޓި ތިން ފޮށީގެ ތެރެއިން ދެފޮށި ކާމިޔާބުކުރެއްވީ ފައްޔާޒު އިސްމާއިލް އެވެ. އިމްތިޔާޒް ފަހުމީއަށް ލިބުނީ އެންމެ ފޮއްޓެކެވެ. ހިތަދޫ އުތުރުން ފައްޔާޒު ކާމިޔާބުކުރެއްވީ 24 ވޯޓުގެ ތަފާތަކުންނެވެ. މެދު ދާއިރާއިން 71 ވޯޓުގެ ތަފާތަކުންނެވެ.

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.