މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޑީޑީއާރސޫ އަދި މޯލްޑިވިއަން ބައްދަލުކުރި މެޗު. މިރޭގެ މެޗުތައް ލައިވްކުރާނެ.

ހަބަރު

މަރަދޫ ފޭދޫ ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިރޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 މެއި 2022 , އާދީއްތަ 10:43   286

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވުމުގެ މަޤްޞަދުގައި އައްޑޫ ސިޓީ މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރުން އިސްނަންގަވައިގެން ބާއްވާ "މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރ ފުޓްސަލް ޗެލެންޖް 2022" ގެ ނަމުގައި ކުޅޭ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅެ ނިމިއްޖެއެވެ.

ގްރޫޕްސްޓޭޖްގެ މެޗުތައް ނިމުނީ ހޮނިހިރު ދުވަހުގެ ރެއެވެ.

ސެމީފައިނަލް ގެ މެޗުތައް މިރޭ 9 ޖަހާއިރު މަރަދޫފޭދޫ ފުޓްސަލް ދަނޑުގައި ފެށިގެންދާނެކަމަށް މުބާރާތުގެ އިންތިޒާމުގެ ކޮމިޓީގެ މެމްބަރު ޢަބްދުﷲ މަޞީޙް އެކްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވާފައިވެއެވެ.

ވީޑިއޯ : މުބާރާތުގެ އިންތިޒާމް ކޮމިޓީގެ މެމްބަރު ޢަބްދުއްﷲ މަސީޙް އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަނީ

މުބާރާތުގެ ސެމީފަނަލަށް ޓީމުތައް އައިގޮތް:

  • ފެނަކަ ހިތަދޫ (ގްރޫޕް އޭ ގެ ފުރަތަމަ ޓީމް)
  • ޕޮލިސް ހިތަދީ (ގްރޫޕް އޭ ގެ ދެވަނަ ޓީމް)
  • އެސްޓީއޯ މފ (ގްރޫޕް ބީ ގެ ފުރަތަމަ ޓީމް)
  • ފެނަކަ މފ (ގްރޫޕް ބީ ގެ ދެވަނަ ޓީމް)

ސެމީ ފައިނަލް ގެ މެޗްތައް ތާވަލު ކުރެވިފައިވާ ގޮތް :

ޕޮއިންޓް ޓޭބަލް އަދި މެޗްތަކުގެ ތާވަލު

ސެމީފައިނަލްގެ ފުރަތަމަ މެޗު :ފެނަކަ ހިތަދޫ ބކ. ފެނަކަ މފ [21:00 ގައި]

ސެމީފައިނަލްގެ ދެވަނަ މެޗް : އެސްޓީއޯ މފ ބސ. ހިތަދޫ ޕޮލިސް [22:00 ގައި]

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މޭއި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައެވެ. މިމުބާރާތުގެ އެކްސްކްލޫސިވް މީޑިއާ ޕާރޓްނަރ ގެ ގޮތުގައި މުބާރާތް އިންތިޒާމު ކުރާފަރާތުން ހަމަޖައްސަވާފައިވަނީ އެކްސްޕްރެސް މީޑިއާ އަދި އެކްސްޕްރެސް ނޫހެވެ.

މިމުބާރާތުގެ ސެމީފައިނަލާއި ފައިނަލް މެޗުތައް އެކްސްޕްރެސް ނޫހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރާނެއެވެ.

ޓެގްސް: ފުޓުބޯޅަ ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.