ލިވަޕޫލުން ތަށި އުފުލުމަށްފަހu ކާމިޔާބީ ފާހަގަކުރަނީ

ކުޅިވަރު

އެފްއޭ ކަޕުގައި ޗެލްސީއާއި ދެކޮޅަށް ކުޅެ ލިވަޕޫލުން ޗެމްޕިއަންކަން ހޯދައިފި

ދާނިޝް - ޔޫރަޕް | 15 މެއި 2022 , އާދީއްތަ 14:48   195

އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ޗެލްސީ ބަލިކޮށް ލިވަޕޫލުން އަށްވަނަ ފަހަރަށް ހޯދައިފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 90 މިނިޓާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހަން ޖެހުނެވެ. ޕެނަލްޓީ ޖެހިއިރު 6-5 ގެ ނަތީޖާއަކުން ކުރި ހޯދީ ލިވަޕޫލުންނެވެ.

މެޗުގެ ފަށައިގެން ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް ލުއިސް ޑިއާޒަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބުނުނަމަވެސް އެ ފުރުޞަތުތައް ވަނީ ބޭކާރުވެފައެވެ. އޭގެ ފަހުން ޗެލްސީގެ މާކޯސް އަލޮންސޯއަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ އަލޮންސޯ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލުގެ ޑިއާޒް އާއި އެންޑީ ރޮބަޓްސަން ފޮނުވާލި ހަމަލާތައްވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ލިވަޕޫލުންވަނީ 7 ޕެނަލްޓީގެ ތެރެއިން 6 ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ލިވަޕޫލް މޮޅުކޮށްދޭން ސަޑިއޯ މާނޭ ފޮނުވާލި ފަސްވަނަ ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

މި ޝޫޓްއައުޓުގައި ޗެލްސީގެ ކެޕްޓަން ސެޒާއަޒްޕިލިކުއޭޓާ ފޮނުވާލި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މޭސަން މައުންޓް ފޮނުވާލި ހަވަނަ ޕެނަލްޓީ ލިވަޕޫލުގެ ކީޕަރުއެލިސަން ވަނީ މަތަކޮށްފައެވެ.

ވީޑިއޯ : ޗެލްސީ ލިވަޕޫލް އާއި އެކު ކުޅުނު މެޗުގެ އުއްއަލިތައް

ޕެނަލްޓީ ޖަހައިގެން މި މެޗުން ލިވަޕޫލް މޮޅުވިއިރު، މިދިޔަ ފެބްރުއަރީމަހު އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަންވެސް ލިވަޕޫލުން ހޯދީފައިނަލުގައި ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއަކުން ޗެލްސީބަލިކޮށްގެންނެވެ. އަދި 2019 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕުގެފައިނަލުގައިވެސް ޕެނަލްޓީ ޖަހައިގެން ލިވަޕޫލުން ޗެލްސީ ބަލިކުރިއިރު،ލިވަޕޫލުން މިހާރު ވަނީ ޖެހިޖެހިގެން ތިން ފައިނަލުގައި ޕެނަލްޓީޖަހައިގެން ޗެލްސީ ބަލިކޮށްފައެވެ.

މި ބަލިއާއެކު ޗެލްސީ ވަނީ ޖެހިޖެހިގެން އެފްއޭ ކަޕުގެފައިނަލުން ތިން ފަހަރު ބަލިވެފައެވެ. އެގޮތުން މިދިޔަ ދެ އަހަރުފައިނަލުގައި ޗެލްސީ ބަލިވީ ލެސްޓާ ސިޓީ އާއި އާސެނަލް އަތުންނެވެ. މި މޮޅާއެކު ލިވަޕޫލުން އަށްވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރިއިރު،މި ސީޒަނުގެ ކުރިން އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބުކުރީ 2006ވަނަ އަހަރެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.