ސޯމާލިއާގެ ގާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ޙަރަކާތްތެރިވަނީ

ދުނިޔެ

ސޯމާލިއާގެ 36 މީހަކު ރައީސްކަމަށް ކުރިމަތިލާއިރު ވޯޓު ދޭން ތިބީ އެންމެ 329 މީހުން

އަލީ އަޒްޔަން - އެފްރުކާ | 15 މެއި 2022 , އާދީއްތަ 15:46   374

ޔަމަނާއި އިންވެގެން އިރުމަތީ އެފްރިކާގައި އޮންނަ 16 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސޯމާލިއާގައި ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުންދާއިރު 36 ފަރާތަކުން މިއިންތިޚާބު ގައި ވާދަކުރާނެއެވެ. ސޯމާލިއާ އަކީ ވެސް ޔަމަނު ފަދައިން ބޮޑު މުސްލިމް އާބާދީއެއް އޮންނަ ޤައުމެކެވެ.

ހަމަނުޖެހުން ބޮޑު މިޤައުމުގައި އިންތިޚާބެއް ނުބާއްވާ ދިގުލައިގެން ގޮސްފައިވަނިކޮށް، އިންތިޚާބެއް ބާއްވަން މިނިންމީ، އެޤައުމަށް އެހީދޭ ބައިނަލްޢަޤުވާމީ މާލީ އިދާރާ އިން އެޤައުމަށް ފޯރުކޮށްދޭން އޮތް 400 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ހިފެހެއްޓުމާއި ގުޅިގެންނެވެ. އެޤައުމުގެ ސަރުކާރަށް ވަނީ މުސާރަ ދޭން ވެސް ނުކުޅެދިފައެވެ. މީގެ އިތުރަށް އެގައުމަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ހަނަފަސްކަން އައިސްފައި ވެއެވެ.

ސޯމާލިއާގެ މަޖިލީސް ކުރާ ގޭގައި ތިއްބަވާ މެމްބަރުންނަކީ ފައިސާވެރި ތަނަވަސް އަދި ނުފޫޒު ގަދަ ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތަކެވެ. އެމަޖިލީހުގައި 329 މެމްބަރުން ތިއްބަވައެވެ. އެއީ 275 މެމްބަރުންގެ ތިރީ ގެއަކާއި އެކު 54 މެމްބަރުންގެ ސެނެޓެކެވެ.

1969 ގެ ފަހުން ސޯމާލިއާގައި ޢާއްމު އިންތިޚާބެއް ބާއްވާފައި ނުވެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވެސް މަހުޖަނު 36 ކެންޑިޑޭޓަކަށް ވޯޓް ދޭން ތިބޭނީ ހަމަ މަޖިލީހުގައި އެތިއްބަވާ 329 މެމްބަރުން އެކަންޏެވެ. ޢާއްމުގޮތެއްގައި ރިޔާސީ އިންތިޚާބު އެތައް ބުރަކަށް ދިގުދެމިގެން ދާއިރު ގިނަ ކޯލީޝަންތަކެއް ހަދާނެއެވެ. އަދި އޮންނަނީ ހައި ސިކިއުރިޓީ އާއި އެކު އެކަހެރި ތަނެއްގައެވެ. އެހެންކަމުން މިއިންތިޚާބުތައް ވެފައި އޮންނަނީ މަހުޖަނު މަދުބައެއްގެ އޮޅުންބޮޅުން ބޮޑު ޑްރާމާ ކުޅިގަނޑަކަށް ވެފައެވެ.

ބީބީސީ އާއި ރޮއިޓާސް ނޫސް އެޖެންސީ ބުނާގޮތުން ކުރީގެ ދެރައީސުންގެ އިތުރުން މިހާރުގެ ރައީސް މުޙައްމަދު ޢަބްދުއްﷲ ވެސް ވާދަކުރާނެއެވެ. ތިރީސް ހަ މީހަކު މިއިންތިޚާބުގައި ވާދަކުރާއިރު އޭގެތެރޭގައި ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.