"އަހަރެންގެ ހަނދާނުން ޠާރީޚް" - އަލްމާ

މުނިފޫހިފިލުވުން

އަލްމާގެ ކުރުވާހަކަ : އަހަރެންގެ ހަނދާނުން ޠާރީޚް

އަލީ އަޒްޔަން - އެހެނިހެން | 16 މެއި 2022 , ހޯމަ 19:33   240

ހެނދުނު ހޭލެވުނީ އަޑުގަދަވާން ފެށުމުންނެވެ. އެ ދަނޑިވަޅުގައި މޫސުން ވަރަށް ގޯސްވެއްޖެކަން އެނގުނެވެ. ގޭތެރެއިން އެއް އަޑަކަށް އިވެމުންދިޔަ ބާރު ތަށިތައް ތެޅުމުގެ އަޑުން އެކަން ޔަގީންވެ ކަށަވަރު ވިއެވެ. ހޭލިއިރު ދަރިފުޅު ހިޔާ އެކަނި ކައިރީގައި އޮތުމުން މިއަދު އިރު އެރީ ނުބައި ކޮޅަކުން ހެން ހީވާންފެށިއެވެ. އަވަހަށް ފޯނު ނަގައި ތާރީހް ބަލައިލީމެވެ. އާންމު ގޮތެއްގައި ތާރީކް ބަދަލުވެއްޖިއްޔާމު މޫސުމަށް ވެސް ބަދަލުއާދޭ ނޫންތާއެވެ.

މިއަދަކީ ޖޫލައި މަހުގެ 17 އެވެ. އެނިވާރސަރީ ނޫންކަން ޔަގީންވީ ޖޫން 4 ވަނަދުވަހު އެދުވަސް ފާހަގަކޮށް ނިމިފައި އޮތުމުންނެވެ. އެ ދުވަސް ވެސް އަހަރެންގެ ހަނދާނުން ބޮއްސުންލައިގެން ދިޔައެވެ. އެކަމާވެސް ގޭތެރޭގައި އަހަރެންގެ އަލަތު އަނބިމީހާ، ހަނާން ނުވައްޓާކަށް ދަޅެއްނެތެވެ. އަހަރެންގެ ހަނދާނަށް ބޮމެއްގޮވާފަ ހުންނަ ކަހަލައެވެ. އަބަދުވެސް މި ކަހަލަ ކުދި ކުދި ކޫސަނި ކަންތައްތަކާ ހުރެ އަހަރެންނާއި ހަނާން އާއި ދެމެދު މައްސަލަ ނުޖެހޭ އެއްވެސް ހާއްސަ ތާރިހެއް ނެތެވެ.

އަހަރުމެންގެ ލޯބި ލޯބި މައުސޫމް ދަރިފުޅު ހިޔާ އަށްވެސް ހޭލެވުނީ ކުއްލިއަކަށް ބޭރުން ތެލީގެ މަތިގަނޑު ވެއްޓުމުންކީ ބާރު އަޑުފައްގަނޑުގެ ސަބަބުންނެވެ. ހިޔާ މަތަ ނުކުރެވިގެން ހަނާން ކައިރިއަށް ދަރިފުޅު ގެންދިޔުމަށްޓަކައި ދަރިފުޅު އުރާލުމަށް ތައްޔާރުވި ތަނާހެން ހަނާން ކޮޓަރި ތެރެއަށްވަނެވެ. އެއައި ގޮތަށް އައިސް ހިޔާ ނަގައިގެން އަހަރެންނާއި ދިމާލަށް ބަލައިވެސް ނުލާ ދިޔައީ އަނެއްކާވެސް ބޭރަށެވެ. ހަނާން ފެނުމާއެކުހެން ސިކުނޑީގެ އަނދާފައި ހުރި ބޮކި އަނެއްކާ ދިއްލިހެން ހީވިއެވެ. މިއަދަކީ ޖުލައި 17އެވެ. މިއަދަކީ އަހަރެންގެ އަނބިމީހާގެ އުފަންދުވަހެވެ. ހަނާންގެ އުފަންދުވަހެވެ. މިއަދަކީ ހަނާންގެ އުފަންދުވަހެވެ. ތަހުނިޔާ ކިޔުމެއްނެތި ބޭނުންވީ ކުޑަނަމަވެސް ސަޕްރައިޒްއެއް ދިނުމަށެވެ.

އަވަހަށް ފެންވަރައިލައިގެން ރިވެތި ވެލައިގެން ނިކުތީ އޮފީހަށް ދިޔުމަށެވެ. ބަދިގެ އަށް ގޮސް ވަނީ ކޮފީއެއް ބޮއިލުމަށެވެ. ގޯސްވެފައިވާ މޫސުމާއެކު ހެނދުނުގެ ނާސްތާގެ ނަސީބުވެސް އަހަރެންނަށް ނުލިބޭނެކަން ޔަގީންވީތީއެވެ. ކާމޭޒު ދޮށުގައި ކޮފީތަށި ހިފައިގެން ގޮސް އިށީނުމުން ނާސްތާ ތައްޔާރު ކޮށްފައިވި ތަން ފެނުނެވެ .ވަށައިގެން ހޯދައިލިއިރު ދެމައިން ވެސް ފެންނާކަށެ ނެތެވެ.ވެދާނެއެވެ. ވަޒީފާއަށް ހަނާން ދިޔުމަށްޓަކައި ހިޔާ އަހަރެންގެ މަންމަގެއަށް ލީ ކަމަށް ވެދާނެއެވެ. އަހަރެން ބަޑުފުރުވައިލާގިން ތަޅުދަނޑި ނަގައިގެން އަވަހަށް އޮފީހައް ދިޔުމަށް ގޮސް ކާރަށް އެރީމެވެ. ގަޑި ނުޖެހި އޮފީހަށް ދިޔުމަށް ކާރުގެ ސްޕީޑް ބާރުކޮށްލީމެވެ. އޮފީހުގެ މަސައްކަތްތަށް އަވަހަށް ނިންމުމަށް ފަހުގައި ފިހާރައަށް ދާން ނިކުމެލީ އަހަރެންގެ ބޮސްގެ ހުއްދަ ހޯދައިގެންނެވެ.

ފިހާރައިން ގަންނަންވީ ހުރިހާ އެއްޗެއް އެއްތަނަކުން ނުލިބުމުން ދެތިން ފިހާރައަކަށް ދާންޖެހުނީތީ ވަރަށް ބޮޑަށް ލަސްވިއެވެ. ހުރިހާ ވިޔަފާރިއެއް ނިންމުމަށްފަހުގައި އަވަސް ކޮށްލީ ދަރިފުޅު ބަލައި ދިޔުމަށް ވެސް ޖެހޭތީއެވެ. ހަނާން 1800 ގައި ގެއަށް އައުމުގެ ކުރިން އަހަރެން ބޭނުންވީ ގެތެރެ "ޑެކަރޭޓް" ކޮށް ނިންމުމަށެވެ. ކޭކް އަދި ކެއުމަށް ޕިއްޒާ ލިބުމުން ފުރިޖުން ދެ ބިސް ނަގާ އަތަށް ލައިގެން ގޮސް ވަނީ ސިޑީގެ ތިރީބައިގައި ހުރި ހުސްކޮށް އިން ތަނަށެވެ.ކުނި ބިހެއް ކަމެއް ނޫން ކަމެއް ނޭގެއެވެ. ނިދާފައި އޮތޮ ދަރިފުޅު ހޭނުލެވޭނެހެން މަޑުމަޑުން ދޮރުލައްޕައި ތައްޔާރުވެލީމެވެ. ގޭގެ މައިދޮރު ހުޅުވި އަޑުއިވިގެން ދިޔައެވެ. އަދި އޭގެ އިތުރުން ލެއްޕި އަޑުވެސް އިވުނެވެ. ދަބަސް ބަހައްޓާ ތަނުގައި ބެހެއްޓި އަޑު އިވުމާއިއެކު އިވުނީ ފިޔަވަޅުތައް އަހަރެންނާއި ކައިރިއަށް އަންނަ އަޑެވެ. އާދައިގެ މަތިން ކޮންމެ ތަނަކަށް ހިޔާ ބަހައްޓާފައި ގޮސްފިނަމަ ގެއަށް ވަންނަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ބަލާނީ އަހަރުމެންގެ ކޮޓަރިއެވެ. ހިޔާ ހުރިތޯއެވެ. ފުރަތަމަ ހަރުފަތަށް އެރި އަޑުއިވުމާއިއެކުހެން ނިކުމެ ދެ ބިސް އެކުއެކީ ހަނާންގެ ބޮލަށް ތަޅައި ފިއެވެ. އަދި އުފަންދުވަހުގެ ތަހްނިޔާ އަރިސްކުރީމެވެ.

ހަނާންގެ މޫނުމަތިން އަރައި ފައިބަމުންދާ މަންޒަރުން އެއްވެސް އެއްޗެއް އަހަރެންނަކަށް ދޭހައެއްނުވެއެވެ. އާޝޯހު ވެފައިވާ ހަނާން އާއި ދިމާލަށް ކަޅިހުއްޓާއިގެން ހުންނަން ވީ ކަމެއް ނުވަތަ ދުވެފައި ގޮސް ހޮރެއްގެ ދަށަށް ވަދެ އަމިއްލަ ސަލާމާތްތެރިކަން ހޯދަންވީކަމެއް ނޭގުނެވެ. "ހެޕީ ބާރތްޑޭ" މަޑުމަޑުން ބުނެލީމެވެ. ރައްދުގައި ހަނާން ވެސް ހެޕި ބާރތްޑޭ އޭއި ބުނުމުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަދި މޫނުމަތީގައި ސުވާލު މާކެއް ޖެހުނެވެ.

"ހައިޝަމް އަށް އައްސަރި ބަހާއި ސާބަސް ހަމަ.މިއަދަކީ އަހަރެންގެ އުފަންދުވަހޭ ބުނީ ތި ބޭފުޅާ ކައިރީ ބުނީ ކާކުތަ؟ އަހަރެން ހަމަ ހައިރާންވެއްޖެ އިނގޭ. ތި ޑޮކްޓާރަށް ދައްކަން ހިނގާބަލަ. އަމިއްލަ މީހާއަށްވެސް ލުޔެއް ލިބިދާނެއްއްނޫންތަ؟ އެކަމަކުވާ އަހަރެންގެ ބޮލަށް ބިސް. އެކަމަކު ހައިޝަމް ގެ އުފަންދުވަސް. މި ވަސްގަނޑުވެސް ގައިން ނުފިލާނެކަންނޭނގެ. ހެދުންގަނޑުން ފިލައިފިއްޔާ ދެން ކިތައްމެހާ ވެސް ރަނގަޅެވެ."

ހަނާން އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް އަހަރެން ހުރީ ބޯ ކަހާލަ ކަހާލައެވެ. އައިޑިކާޑް ނުވަތަ ކައިވެނީގެ ސެޓްފިކެޓްވެސް ބަލައިލެވުނުނަމައެވެ .އަނެއްކާވެސް ހުރި ހަމައެކަނި އަނބިމީހަގެ ކުރިމަތީ އަހަރެންގެ އަގު ވެއްޓުނީތާއެވެ؟ ދަރިފުޅު ހޭލުމުން ކޭކު ކެޑުމާއިގެން ކުރިޔަށް ދިޔައީމެވެ. އެއަށްފަހުގައި ކެއުމުގެ ކަންތައްވެސް ކުރިއަށް ދިޔައެވެ. ރަނގަޅުނޫންހެއްޔެވެ؟ 2 ކޭކު ލިބުނީއެވެ. އެކަމަކު އަމިއްލަ އުފަންދުވަހަށް ތެޅިފޮޅިގެން ކުރެވުމުގެ މޮޔަ ހީކުރެވުނެވެ. ވަރަށް ވިސްނުމަށްފަހުގައި ޑޮކްޓަރަށް ދެއްކީ ހަނާން ޑޮކްޓަރަށް ދެއްކުމުގެ ވަލުގައި ހިފައި ބާރުކުރުމުންނެވެ. ހަޤީޤަތުގައި ވެސް އަހަރެންވެގެން ދިޔައި ތާރީހް ހަނދާން ނެތޭ މީޙަކަށެވެ. މާނައަކީ ޑޮކްޓާރ ބުނިގޮތުގައި ވަކި ހާއްސަ ކަންތައްތައް ހަނދާން ނުހުންނަ މީހުން ދުނިޔޭގައި އުޅެއެވެ. އަހަރެން މީ އެކަމުގެ ދިރިހުރި މިސާލެކެވެ. އަހަރެންގެ ހާއްސަ ކަމަކީ ތާރީހް ހަނދާންނެތުމެވެ.

ކޮންމެއަކަސް ދެން މޫސުން ގޯސް ވެގެން އުޅޭކަށް ނުޖެހޭނެކަންނޭގެއެވެ. ތަށިތައް ތެޅޭ އަޑަށް ސިއްސައިގެން ގޮސް ހޭލުމަށް މަޖްބޫރު ނުވާނެ ބާއެވެ؟ ހޭލައިގެން ހާސްވެ ކަމުގެ ކޮޅު ހޯދުމަށްޓަކައި ބޮލުގައި ބެރު ތަޅާކަށް ނުޖެހޭނެއެވެ. ހެޕީ ބާރތްޑޭ އޭ ކިޔައި އެހެން މީހުންގެ ބޮލަށް ދެނެއް ބިސް ނުތެޅެވޭނެތާއެވެ.އަހަރެންގެ ހަނދާނުން ތާރީހް ކައްސައިލައިގެން ދެން އަހަރުމެން ދެމީހުންގެ ދެމެދުގައި ހަމަނުޖެހުންތަކާއި ދެބަސްވުންތައް ނުއުފުދޭނެއެވެ.

ޓެގްސް: ކުރު ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.