ޗެލްސީއިން އަންހެން ޓީމް ތައްޓާއި އެކު އުފާ ފާޅުކުރަނީ

ކުޅިވަރު

އިނގިރޭސި "އަންހެނުންގެ އެފްއޭ ކަޕް" ޗެމްޕިއަންކަން އަނެއްކާވެސް ޗެލްސީއަށް

ދާނިޝް - ޔޫރަޕް | 16 މެއި 2022 , ހޯމަ 22:37   225

އިނގިރޭސި އަންހެނުންގެ އެފްއޭ ކަޕް ގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޗެލްސީ ވިމެންސް އިން ކާމިޔާބުކޮށްފިއެވެ.

މިމުބާރާތް ޗެލްސީ ކާމިޔާބުކުރީ ފައިނަލުގައި މެންޗެސްޓަރ ސިޓީ ވިމެން އާއި ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން އިތުރު ވަގުތު ކުޅެންޖެހި ޗެލްސީ ކުރި ހޯދީ އިތުރު ވަގުތު ތެރޭގައެވެ. މެޗްގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މިއީ ސޭމް ކާރ ޖަހައުދިން ލަނޑެކެވެ.

މި ލީޑު ޗެލަސީއަށް ގެއްލުނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ލޯރެން ހެމްޕްވަނީ ޖަހައިދިން ލަނޑުންނެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ އާއި މެންޗެސްޓާރ ސިޓީ ބައްދަލުކުރި މެޗުގެ އުސްއަލިތައް

މިމެޗްގައި ދެވަނަ ފަހަރަށް ޗެލްސީއިންލީޑު ނެގީ މެޗްގެ 63 ވަނަ މިނެޓްގައި އެރިން ކަރތުބަރޓް ޖަހާދިން ލަނޑުންނެވެ. ސިޓީއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީވެސް ހާފް ނިމެން ކައިރިވެފައިވަނިކޮށެވެ. މިގޮތުން 89 ވަނަ މިނެޓްގައި އެޓީމްގެ ލަނޑު ޖަހާދިނީ ހޭލީ ރޯސޯއެވެ.

މިޔާއެކު މެޗްގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ. މިމެޗުން ޗެލްސީ މޮޅުވި ލަނޑު މެޗްގެ 99ވަނަ މިނެޓްގައި ޖަހާދިނީ ކާރއެވެ.

މި ކާމިޔާބީއާއެކު ޗެލްސީއިން މިވަނީ މިސީޒަންގައި ދެތަށި ކާމިޔާބުކޮށްފައެވެ. މިދިޔަ ހަފްގާގައި ޗެލްސީ ވިމެން އިން ވަނީ ވިމެންސް ސުޕަރ ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޓެގްސް: އަންހެނުންގެ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.