އިންސްޓެގްރާމް އެޕް

ޓެކްނޯލޮޖީ

އިންސްޓްގްރާމް އާއި ފޭސްބުކަށް އެންއެފްޓީ (ޑިޖިޓަލް އެސެޓް) ތަޢާރަފްކުރަނީ

ދާނިޝް - އެމެރިކާ | 17 މެއި 2022 , އަންގާރަ 08:44   373

އެންއެފްޓީ ނުވަތަ ނޮން ފަންޖިބަލް ޓޮކެން އަކީ ޑިޖިޓަލް ކަލެކްޓިބަލްއެކެވެ.އެންއެފްޓީ އަކީ ޑިޖިޓަލް އެސެޓް ޓެކްނޯލޮޖީއެކެވެ. މާނައަކީ، ބިޓްކޮއިން ކަހަލަ ޓެކްނޮލޮޖީގެ ހަރުމުދަލެކެވެ.

އިންސްޓްގްރާމްގައި އެންއެފްޓީ ޓެސްޓުކުރަން ނިންމައިފި އެވެ. އަދި ކުރިއަށް އޮތްތަނުގައި މިޓެކްނޮޖީ ފޭސްބުކަށް ވެސް ގެންނާނެކަމަށް ފޭސްބުކްގެ ބާނީ މާކް ޒުކަރބާގް ދާދިފަހުން ބުނެފައިވެއެވެ.

އެންއެފްޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިޖިޓަލް މަސައްކަތްތައް، ޑިޖިޓަލް ސޮއި ބޭނުންކޮށްގެން އަމިއްލަކުރެވޭނެވެ. އަދި އެއެއްޗެއް އެހެން މީހެއްގެ މިލްކަކަށް ހެދޭނެގޮތެއް ނޯވެއެވެ. މިއީ ދުނިޔޭގައި މަޤްބޫލުވަމުން އަންނަ އާ ޙަރަކާތެކެވެ.

ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރު ބޮޑު މަގުބޫލު ކަމެއް ހޯދި އެންއެފްޓީ މެދުވެރިކޮށް އެކި އާޓިސްޓުން އަންނަނީ އަގުބޮޑުކޮށް އެމީހުންގެ އާޓްވޯކްތައް އިޝްތިހާރުކޮށް ވިއްކަމުންނެވެ.

އެންއެފްޓީ ފަދަ ޑިޖިޓަލް އެސެޓް ޓެކްނޯޖީ ފޭސްބުކްއަށް ގެނައުމާއި ގުޅޭގޮތުން ފޭސްބުކްގެ ސީއީއޯ މާކް ޒުކަރބާގް ވާހަކަ ދައްކަވަނީ

މީޑިއާތަކަށް މައުލޫމާތު ދެމުން އިންސްޓަގްރާމްގެ ހެޑް، އެޑަމް މޮސޭރީ ވިދާޅުވީ އެމެރިކާގައި އިންސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންނަށް، އެ ޕްލެޓްފޯމުގައި އެ މީހުންގެ ފީޑާއި ސްޓޯރީސް އަދި މެސެޖުގައި އެންއެފްޓީ ޑިސްޕްލޭ ކުރެވޭނެއެވެ. އަދި އެންއެފްޓީ ޑިސްޕްލޭ ކުރާނީ ޕްރޮފައިލްސް ނުވަތަ ޕްރޮޑަކްޓްސް ވެސް ޓެގްކޮށް، އެއަށް ފިތާލުމުން ހުޅުވޭނެ ގޮތަށް ކަމަށެވެ. އަދި އެ ޓެގަށް ފިތާލުމުން އެންއެފްޓީ އުފެއްދި މީހާ އާއި އޭގެ ވެރިޔާ ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މޮސޭރީ އިތުރަށް ބުނި ގޮތުގައި އެންއެފްޓީ ޓެސްޓްކުރެވޭނީ އެމެރިކާގެ ވެސް ވަރަށް މަދު ބަޔަކަށެވެ. ގިނަ ބަޔަކަށް ޓެސްޓްކުރަން ދޫކޮށްލުމުގެ ކުރިން، ފުރަތަމަ ކުޑަ އޯޑިއެންސްއަކުން އެ ހިދުމަތް ބަލައިގަނޭތޯ ޓެސްޓުކުރަން ބުއްދިވެރިކަމަށެވެ. އަދި އެ ޓެސްޓް ކުރަން ނިންމީ، ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުން ވެސް މިހާރު އެންއެފްޓީ ޓެސްޓްކުރަން އުޅޭތީ ކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ.

ޓުވިޓާއިން މިދިޔަ އަހަރު އެ ޕްލެޓްފޯމަށް އެންއެފްޓީ ތައާރަފުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ފޭސްބުކް އެންއެފްޓީ އިންސްޓަގްރާމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.