ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގް

ދުނިޔެ

ސްރީލަންކާ ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން އަރިގަތިމަށް ފަސޭހަނުވާނެ-ރަނިލް ވިކްރަމަސިންހަ

ދާނިޝް - ލަންކާ | 18 މެއި 2022 , ބުދަ 07:30   388

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅަކީ ފަސޭހައިން އަދި އަވަހަށް އަރައިގަނެވޭ ވަރަށްވުރެ މާބޮޑު އަނދަވަޅެއްކަމަށް އެގައުމުގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް މިހެން ވިދާޅުވީ ޤައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ހައްލުކުރަން ވަރަށް ދަތި މައްސަލަތަކެކެވެ. ނަމަވެސް އޭނާގެ ބޮޑުވަޒީރުކަމުގައި އެކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.އަދި މި މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައ ހައްލެއް އަތުވެދާނެކަމަށް މައްސަލަތަކެއްކަމަށް ނުބެލުމަށާ ކެތްތެރިވުމަށް ސްރީލަންކާގެ ރައްޔިތުންގެ ކިބައިން ރަނިލް އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ މިފަދަ ދަޑިވަޅެއްގައި ޤައުމުގެ ހުންގާނީގައި ހިފުމަކީ ޙުދު އޭނާގެ ކޮނޑުގައި އެޅިގެންދާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި މިއީ ގޮންޖެހުންތައް އެހާމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރަނިލް އިތުރަށް ވިދާޅުވީ ސްރީލަންކާގެ އިޤްތިސާދީ ހާލަތު މިހާވަރަށް ގޯސްމިވީ ސަރުކާރަށްވެސް ހެދުނު ގޯސްތަކެއްގެ ސަބަބުންކަމަށެވެ. އަދި 2019 އަހަރުގެ ނޮވެންބަރުމަހު ސްރީލަންކާގެ މަރުކަޒީ ބޭންކްގައި ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި 7.5 ބިލިޔަން އެމެރިކާ ޑޮލަރު ހުރިކަމަށާއި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ބޭރުފައިސާ ލިބުން ހުއްޓުމަކަށް އައިސް ރިޒާވް މުޅިން ހުސްވެފައިވާ ކަމުގައެވެ. މީގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ގޭހާއި ތެޔޮ ގަތުމަށް ބޭނުންވާ ފަސް މިލިޔަން ޑޮލަރުވެސް މިހާރު ރިޒާވުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ރަނިލް ޕްލޭނެއް އެކުލަވައިލައްވާފައި ވާއިރު، މި ޕްލޭނުގައި އެންމެ އިސްކަމެއް ދީފައިވަނީ އެޤައުމުގެ ބައެއް ކުންފުނިތައް ވިއްކާލައި ދެން އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ ޗާޕުކުރުމެވެ. އަދި އައިއެމްއެފްއިން ބޮޑު ލޯނެއް ނެގުމެވެ.

ހަމައެހެންމެ ސްރީލަންކާގެ ޤައުމީ އެއާލައިން ވިއްކާލުން ނޫންގޮތެއް ނެތްކަމަށް އޭނާގެ ވާހަކާގައި ފާހަގަކުރެއްވިއެވެ. މީގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އެ އެއާޕޯޓަށް މިދިޔަ އަހަރު އެކަނި 128 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވުމެވެ.

އަދި ތަކެތީގެ އަގު ކިތަންމެ ވަރަކަށް އުފުލުނު ކަމުގައި ވިޔަސް އެތައް ބިލިއަން ރުޕީސްގެ ފައިސާ ޗާޕުކުރުން ނޫންގޮތެއް ނެތްކަމަށްވެސް ރަނިލްވިދާޅުވިއެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.