އެސްޓީއޯ އިން ކާޑު އުފުލުމުގެ މަސައްކަތް ކުރަނީ، ފޮޓޯ-އެސްޓީއޯ

ދުނިޔެ

އިންޑިއާއިން ގޮދަނުގެ ބާވަތްތައް ބޭރުކުރުން މެދުކަނޑާލައިފި

ދާނިޝް - އިންޑިއާ | 17 މެއި 2022 , އަންގާރަ 16:04   240

ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ ގޮވާމާއި ގޮދަނުގެ ބާވަތްތައް އުފައްދާ ޤައުމު އިންޑިއާއިން ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބަރޯސާވާ ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން މަޑުޖައްސާލަން އިންޑިއާ އިން މިނިންމި،ޔޫކްރެއިނާއި ރަޝީޔާއާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައިގެ ދަތިކަން އިތުރުވުމުގެ ސަބަބުންކަމަށް އިނަޑިއާއާގެ މީޑިޔާތަކުން މައުލޫމާތު ލިބެއެވެ. ހަމައެހެންމެ އެޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގޮދަނުގެ ބާވަތްތައް ކަށަވަރު ކުރުންވެސް މި ސަބަބުތަކުގެ ތެރޭގައި ހެމެނެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ބުނީ ގޮދަނުގެ ބާވަތްތައް އެކްސްޓްކުރުން މި ވަގުތަކަށް މަޑުޖައްސައިލި ނަމަވެސް ގޮދަނުގެ ބާވަތްތައް ކޮންމެހެން ބޭނުންވާ ގައުމުތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އެދިއްޖެ ހާލަތެއްގައި އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމުގައެވެ.

ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ހިގަމުންދާ ހަނގުރާމާގެ ސަބަބުން ގޮދަނާއި، ދަނޑުވެރިކަމުގެ ގިނަބާވަތްތަކަށް ބުރޫ އަރައި ކާބޯތަކެއްޗަށް ދުނިޔެ ޖެހިފައިވާ މިންވަރު އިތުރުވެފައިވެއެވެ.

ދަނޑުވެރިކަމުގެ އަގުތައް އުފުލި ބައެއް ޤައުމުތަކުން އެޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތީގެ މިންވަރު ކަށަވަރުކުރުމަށް އެހެން ގައުމުތަކަށް ކާނާ އެސްޕޯޓްކުރުން ހުއްޓާލައިފާ ވެއެވެ.

މިގޮތުން އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ހުއްޓުވާފައިވާއިރު، ސާބިއާ އާއި ކަޒަކިސްތާނުން ވަނީ ގޮވާމުގެ ޝިޕްމަންޓްތަކަށް ކޯޓާ ކަނޑައަޅާފައެވެ.

ޖިވެހިރާއްޖެއަށް ގެންނަ ކާބޯތަކެތީގެ ބޮޑުބައެއް އެތެރެކުރަނީ އިންޑިއާ އިންނެވެ. އަދި ދިވެހިރާއްޖެ އަކީ ޒަމާނުއްސެރެ ގާތް ގުޅުމެއް ބާއްވާ އެކުވެރި ޤައުމެކެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.