ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީ ވެހިކަލްތަކެއް ކިއު ހަދާލާފަ --ރޮއިޓާރސް

ހަބަރު

24 ގަޑިއިރުތެރޭ ލަންކާއިން ޕެޓްރޯލް ހުސްވާނެ : ސްރީލަންކާ ސަރުކާރު

އަލީ އަޒްޔަން - ލަންކާ | 18 މެއި 2022 , ބުދަ 07:44   241

ފާއިތުވެދިޔަ 70 އަހަރުވެސް ދެކެފައިނުވާފަދަ ތަދުމަޑުކަމެއް އަވަށްޓެރި ސްރީލަންކާއަށް އައިސް ޒާރޫރީކަންކަމަށް ބޭނުންވާނެ ފައިސާ ނެތިހުސްވެއްޖެއެވެ. އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ އެޤައުމުން ޕެޓްރޯލަށް ޖެހިފައިވާކަމަށެވެ.

ޕެޓްރޯލް ހުސްވަމުންދާކަމުގެ އިންޒާރު ދެމުންއަންނަތާ ހަފްތާއެއްވަރު ވެއްޖެއެވެ. ސްރީލަންކާއިން ތެޔޮ ހުސްވެފައިވަނީ އެޤައުމަށް ބަނދަރުކޮށްފައިވާ ތެޔޮ ޝިޕްމެންޓްތަކަށް ފައިސާ ދައްކާފައި ނުވާތީ، އެބޯޓުފަހަރުން ތެޔޮ ދޫނުކުރުމުންނެވެ.

ޓީވީގެ ޒަރީޢާއިން ދުރަށް ފޮނުވާފައިވާ މެސެޖުގައި އެގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގ ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި 78 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، އެ ނުލިބިއްޖެނަމަ ރައްޔިތުން ވަރަށްބޮޑަށް ޙާލުގައިޖެހި ބިކަވާނެކަމަށެވެ.

އަހަރެމެން މިތިބީ ފަތިހު 5.30 އައި ގޮތަށް ކިއުގަ. ހަތަރު ސްޓޭޝަނެއް ބެލުމަށްފަހު މިތަނަށް މިއައީ. މިއީ ޢާއްމުކޮށް ސަރުކާރުގެ އުޅަނދުފަހަރަށް ދެޔޮ އަޅާތަނެއް. މިހާރު އެކަމަކު މިތާ ކިއު ވެސް މިއޮތީ ދެ ކިލޯމީޓަރަށް ދަމާލާފަ.

~ ޕެޓްރޯލް އަޅަން ކިއުގައިހުރި މީހަކު ބީބީސީއަށް ކިޔާދިން ގޮތް

ތަޖުރިބާކާރުން ބުނާގޮތުން ސްރީލަންކާއަށް މިޙާލަތު މެދުވެރިވާން ދިމާވީ، ކޯވިޑް19 ގައި ޤައުމު އެއްކޮށް ބަންދުކޮށްފައި އޮތް އޮތުން ދިގުލައިގެން ދިއުމާއި، ތެލުގެ އަގު ބޮޑުވަމުން ދިއުމާއި އެކު ސިޔާސީ މަޤްބޫލުކަން ހޯދުމަށްޓަކައި ސަރުކާރުން ޓެކްސް ނެގުން މަދުކުރުމާއި ގުޅިގެންނެވެ.

ބޮޑުވަޒީރު ރަނިލް ވިދާޅުވެފައިވަނީ އިންޑިއާގެ ކްރެޑިޓް ލައިން ތެރެއިން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް މަދު ދުވަސްތަކުގައި އެފައިސާ ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.