ޖޮނީ ޑެޕްގެ އަންހެންނުން އަދި އެމެރިކާގެ ފިލްމީތަރި އެމްބާ ހާޑް

މުނިފޫހިފިލުވުން

އަކުއާމެން ސީރީހުން އެމްބާގެ މަންޒަރުތަކެއް ކަނޑާލައިފި

ދާނިޝް - އެމެރިކާ | 18 މެއި 2022 , ބުދަ 12:04   304

މަޝްހޫރު ސުޕަހީރޯ ފްރެންޗައިޒް "އާކުއާމޭން"ގެ ދެވަނަ ބައިން، އެމްބާ ހާޑް ބޭރުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާގެ މަންޒަރުތަކެއް އެ ފިލްމުން ކަނޑާލާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައާ ގުޅިގެން ހާޑްއާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ވަކާލާތުކޮށް އެކުވާމޭންއިން އޭނާ ބޭރުކުރުމަށް ގޮވާލަމުންނެވެ. އަދި މިހެން ގޮވާލައި އާކުއާމޭންގެ ދެވަނަ ފިލްމުން ހާޑް ބޭރުކުރުމަށް ގިނަ ބަޔަކު ވަނީ ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ. ޑެޕްގެ ފޭނުންނާއި އެހެން ފަރާތްތަކުގެވެސް ޕެރެޝަރު ބޮޑުވާން ފަށާފައިވާއިރު، ވޯނާ ބްރޯސް އިން ވަނީ އެކުއާމޭންގެ މަންޒަރުތަކަކަށް ބަދަލު ގެނެސްފަ އެވެ.

ޑެޕާއި ހާޑްގެ ކޯޓު އަޑުއެހުމުގައި ވާހަކަދައްކަމުން ހާޑް ބުނީ ވޯނާ ބޮރޯސްގެ އެކުއާމޭން ޕޮރޮޑަކްޝަން ޓީމުން ވަނީ އޭނާގެ މަންޒަރުތަކެއް އުނިކޮށްފައި ކަމަށެވެ. އަދި ބައެއް މަންޒަރުތައް ޝޫޓު ކުރުމުގެ ކުރިން އާ ސްކްރިޕްޓެއް ވެސް ދީފައިވާ ކަމަށާއި އޭގައި ވެސް ހާޑްގެ މަންޒަރުތައް މަދު ކަމަށް އޭނާ ބުންޏެވެ. އުނިކޮށްފައި ވަނީ އެކްޝަން މަންޒަރުތަކެއް ކަމަށާއި ޑައިލޮގްތަކަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މި ގެނައި ބަދަލުތަކާ އެކުއާމޭން ފިލްމުގެ ޕްލޮޓަށް އަންނާނެ ބަދަލުތަކެއް ނޭނގޭކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އާކުއާމޭންގެ ދެވަނަ ބައި "ލޯސްޓް ކިންގްޑަމް" ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މާޗު 17 ގަ އެވެ.

ޓެގްސް: ޓީވީ ސީރީސް ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.