ފައިނަލް މެޗަށް ނިކުންނަން ދެ ޓީމުން ވެސް ތައްޔާރުވެފައި

ކުޅިވަރު

މަރަދޫފޭދޫ އޮފީސްތަކުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިތަދޫ ފެނަކަ ހޯދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 މެއި 2022 , ބުދަ 14:15 1   334

އައްޑޫ ސިޓީ މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމުކޮށްގެން "މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރ ފުޓްސަލް ޗެލެންޖް 2022" ގެނަމުގައި ބޭއްވުނު އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހިތަދޫ ފެނަކަ ޓީމުން ހޯދައިފިއެވެ.

ހިތަދޫ ފެނަކަ ޓީމުން ޗެމްޕިއަންކަން ހޯދީ ހިތަދޫ ޕޮލިހާއި ދެކޮޅަށް ކުޅެ 5-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ކުޅުން އޮތީ މަރަދޫފޭދޫ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތް ނިމުން ފާހަގަކޮށް ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ އައްޑު ސިޓީ މޭޔަރ އަލްފަޞިލް ޢަލީ ނިޒާރުއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

  • ހަސަން އަތޫފް (11)
  • މުހައްމަދު ހަބީބް (6)
  • އަލީ ލިރުއަމް (9)
  • ހާޒިމް ފައުޒީ (10)
  • ހަސަން ނާޝިދު (18)

ފައިނަލް މެޗުގެ ހައިލައިޓްސް

ޓެގްސް: ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.