ޓުޓިކޮރިން ދަތުރުތަކުގައި ބޭނުންކުރާ 3800 ޓަނުގެ "ބޮންތި" ބޯޓް ހިތަދޫ ރީޖަނަލް ޕޯރޓަށް ބަނދަރުކުރަނީ

ހަބަރު

"ޓުޓިކޮރިން ދަތުރުތައް މެދުކަނޑާލީ ބޯޓަށް މައްސަލަތަކެއް ދިމާވެގެން" - ސްޓޭޓް ޝިޕިންގ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 މެއި 2022 , ބުދަ 14:56 1   539

އައްޑޫ ސިޓީ ހިތަދޫ އާއި އިންޑިޔާގެ ޓުޓިކޮރިން އާއި ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލީކަމަށާއި، ހުއްޓާލީނޫން ކަމަށް އެދަތުރުތައް އޮޕަރޭޓްކުރާ ފަރާތް ކަމުގައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން އެކުންފުނީ ކޮމާޝަލް ކަންކަމާއި ގުޅޭ މެނޭޖަރ ތާހާ މުޙައްމަދު ވިދާޅުވީ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިދަތުރުތަކުގައި އަޅުގަނޑުމެން ބޭނުންކުރަމުން އައީ ވަރަށް ދުވަސް ވެފައި އޮތް ބާބޯޓެއް. އެހެންވެ ސަލާމަތީގޮތުންނާއި އެހެންމިގަނޑުތަކުން ބަލާއިރު ގޮންޖެހުންތައް އެބަހުރި. މިހާރު މިމަސައްކަތް ކުރަނީ އާބޯޓެއް ހޯދުމަށް. ސައިޒަށް ބަލާއިރު މިހާރުގެ ބޯޓު ގޯހެއް ނޫން.

~ ތާހާ މުޙައްމަދު

ތޯހާ ވިދާޅުވީ ފާއިތުވެދިޔަތަނުގައި ވެސް ދަތުރުތައް ގެންދެވުނީ ރަނގަޅަށް ކަމަށެވެ. ހަމައެހެންމެ ރަނގަޅު ޢަދަދެއްގެ ކާގޯ އަބަދުވެސް ލިބެމުން އައި ކަމަށެވެ. އެސްޓީއޯގެ ބައެއް މުދާތަކާއި، ޢާއްމުންގެ މުދާތަކާއި، ޕެރިޝަބްލް (އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި) މުދަލުގެ އިތުރުން ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދާ އޭގެތެރޭގައި ހިމެނޭ ކަމަށެވެ.

މީގެކުރިން ޕޮލިސްއެކެޑެމީ ޕްރޮޖެކްޓަށް މުދާ ގެނެސްދީފައިވާނެ. ހަމައެހެންމެ އައްޑޫގެ މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ބައެއް މުދާވެސް މިދަނީ ގެނެސްދަމުން.

~ ތާހާ މުޙައްމަދު

ތޯހާ ވިދާޅުވީ ބޯޓު ހަމަޖެހުނުހާ އަވަހަކަށް ދަތުރުތައް ފަށާނެކަމަށެވެ. ނަމަވެސް ފެށޭނެ ސީދާ ޠާރީޚެއް ދަންނަވާލަން ދަތިކަމަށެވެ. އެއީ އާބޯޓެއް ހޯދަން ޖެހޭތީއެވެ.

ސްޓޭޓް ޝިޕިންގ އިން ޓުޓުކޮރިން ދަތުރުތައް ފަށާފައިވަނީ 2020 އަހަރުގެ ފަހުކޮޅުއެވެ. މިދަތުރުތަކުގެ ސަބުބުން ބިސް، ފިޔާ، އަލުވި، ޓޮމާޓޯ، ކެބެޖް ފަދަ ކާބޯތަކެތީގެ ބާވަތްތައް އަގު ހެޔޮކޮށް ތާޒާކަމާއި އެކު ލިބުމަށް އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަހިވެފައިވެއެވެ.

ޓެގްސް: ޓުޓިކޮރިން ބޮންތި ސްޓޭޓް ޝިޕިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.