ގާރލްސް ޖެނެރޭޝަން ފޮޓޯއަކަށް ހުއްޓިގެން، އެގުރޫޕުން ބުނަނި އޯގަސްޓް މަސް ތެރޭ އަލްބަމެއް ނެރޭނެކަމަށް

މުނިފޫހިފިލުވުން

"ގާލްސް ޖެނެރޭޝަން" އަލުން އަނބުރާ މިއުޒިކީ ދާއިރާއަށް ނިކުންނަނީ

ދާނިޝް - ދެކުނު އޭޝިޔާ | 19 މެއި 2022 , ބުރާސްފަތި 12:40 1   301

ކޭޕޮޕް ނުވަތަ ކޮރެއަން ޕޮޕް-މިއުޒިކްގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ބޭންޑް ކަމަށްވާ "ގާލްސް ޖެނެރޭޝަން" 15 އަހަރު ފަހުން އަލުން މިއުޒިކް ނެރުމަށް ތައްޔާރުވާން ފަށައިފިއެވެ.

ގާލްސް ޖެނެރޭޝަން ނުވަތަ "އެސްއެންއެސްޑީ" އަލުން އެނބުރި މި އަންނަނީ ގްރޫޕް އުފެއްދިތާ 15 އަހަރުވާ މުނާސަބާ ފާހަގަކުރުމަށް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެ ގްރޫޕް 2007 ވަނަ އަހަރު އުފެދުނީ 8 މެމްބަރުނާއެކުގައެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ ގްރޫޕްގެ ހުރިހާ މެމްބަރުން އެއްކޮށް އެއް އަލަބަމަކުން ފެނުނީ 2017 ވަނަ އަހަރު ނެރުނު "ހޮލިޑޭ ނައިޓް" އަލްބަމުންނެވެ.

ގާތްގަނޑަކަށް 300 މިލިއަން މީހުން ޔޫޓިއުބުގައި ބަލާފައިވާ ލަވަ "ޖީ"

ގާސް ޖެނެރޭޝަންގެ ލަވަ "އައި ގޮޓް އަ ބޯއި"

އެ ގްރޫޕުން މިހާރު މިއުޒިކް ރިލީޒް ނުކުރި ނަމަވެސް ގްރޫޕްގެ ބައެއް މެންބަރުން އައީ ސޯލޯ އާޓިސްޓުންގެ ގޮތުގައި މިއުޒިކް ނެރެ އެވެ.

ޓެގްސް: ލަވަ މިއުޒިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.