ނޭޓޯ ގެ މެންބަރަކަށް ވުމަށް އެދި ސްވިޑެން އާއި ފިންލޭންޑުން ހުށަހެޅި ރަސްމިއްޔާތުގެ ތެރެއިން

ދުނިޔެ

ނޭޓޯގެ މެންބަރަކަށް ވުމަށް އެދި ފިންލޭންޑާއި ސްވިޑެންއިން ހުށަހަޅައިފި

ދާނިޝް - ޔޫރަޕް | 19 މެއި 2022 , ބުރާސްފަތި 07:54   525

ނޭޓޯ އަކީ ޔޫރަޕާއި އެމެރިކާގެ 30 ޤައުމެއް ގުޅިގެން އުފަދާފައިވާ ޖަމާޢަތެކެވެ. މެމްބަރު ޤައުމުތަކަށް ސިޔާގޮތުން ޙިމާޔަތް ލިބުމުގެ އިތުރުން މިލިޓަރީ ހިމާޔަތާއި ރައްކާތެރިކަން ވެސް ލިބިދެއެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ފިންލޭންޑާއި ސްވިޑްން އިން ރަސްމީކޮށް މިއަދު ނޭޓޯ އަށް ހުށަހަޅައިފި އެވެ.

އެ ދެ ގައުމުން ނޭޓޯ އަށް އެކަން ހުށަހަޅާނެކަން، ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން އާއި ފިންލޭންޑްގެ ރައީސް ސައުލީ ނީނިސްޓޯ ވަނީ އިއުލާން ކުރެއްވާފައެވެ. މިކަމާއި ގުޅިގެން ވިލާތުގެ ގައުމުތަކުން ދަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ.

އެންޑާސަން އާއި ނީނިސްޓޯ އނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އަހަރުތަކެއް ވަންދެން އޮތުމަށް ފަހު، އެ ސިޔާސަތު ބަދަލުކޮށް އަސްކަރީ ގޮތުން ހުޅަނގުގެ ސިޔާސަތަށް ބުރަވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދެ ޤައުމުންވެސް ނޭޓޯއާއި ގުޅުމަށް ނިންމާ މަސައްކަތް ހަލުވި ކުރީ މިހާރު ކުރިއަށް ދަމުންދާ ޔޫކްރެއިނާއި ރަޝިއާގެ ހަނގުރާމާގެ ސަބަބުން، ޤައުމީ ސަލާމަތް ކަށަވަރު ކުރުމަށެވެ.

ނޭޓޯ ފުޅާވެގެން ގޮސްދާނެ ގޮތުގެ ޗާޓެއް، ފިންލޭންޑާއި ސުވިޑްން މެދުގައި

ފިންލޭންޑާއި ސްވިޑްން ނޭޓޯއާ ގުޅުމާ ބެހޭ ގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްއާ ހަވާލު ކުރެއްވީ، އެ ދެ ގައުމުން ނޭޓޯ އަށް ކަނޑައަޅާފައި ތިބޭ ސަފީރުންނެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ފިންލެންޑުން ހުށަހެޅި ނަމަވެސް، އެ ގައުމަށް ނޭޓޯގެ މެމްބަރަކަށް ވެވޭނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ރުހުން ލިބިގެންނެވެ.

ސްވިޑްން، ނޭޓޯގެ މެމްބަރަކަށް ވުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރެވި ގިނަ މެމްބަރުންގެ ތާއިދު އެކަމަށް އޮތްނަމަވެސް އެކަމަށް ފާޅުގައި ދެކޮޅު ހެއްދެވި މެންބަރުންވެސް އެބަ ތިއްބެވެ. ނަމަވެސް ފިންލޭންޑާއި ޙިލާފަށް ސްވިޑެންގެ ސަރުކާރުގެ ނިންމުމަކަށް ގާނޫނު ހަދައި މަޖިލީހުގެ ރުހުމެއް ބޭނުން ނުވެއެވެ.

މި ދެ ޤައުމު ނޭޓޯގައި ބައިވެރި ކުރުމަށް، އެ ޖަމާއަތުގެ ހުރިހާ ގައުމެއްހެން ތާއީދު ކުރި ނަމަވެސް ތުރުކީ ވިލާތުން ވަނީ އެކަމަށް ފާޅުގައި ދެކޮޅު ހަދައިފައިވާ ކަން ފާހަގަކޮށްލެވެއެވެ. ތުރުކީ ވިލާތުން ބުނާ ގޮތުގައި ތުރުކީ ވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފިންލޭންޑާއި ސްވިޑްންއަކީ ވެސް ޓެރަރިޒަމަށް ވާގިވެރިވާ ދެ ޤައުމެވެ.

ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް އެ ޖަމާއަތުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ނަމަ، އެ ޖަމާއަތުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ހައްގު، ވިލާތުގެ ކޮންމެ ގައުމަކަށް ވެސް ލިބިގެންވެ އެވެ. އެއަށް ފަހު އެ ގައުމަކަށް ނޭޓޯގެ މެމްބަރުކަން ލިބޭނީ، އެ ޖަމާއަތުގައި އެ ވަގުތަކު ހިމެނޭ ހުރިހާ މެމްބަރު ގައުމުތަކުން އެކަމަށް ތާއީދުކުރާ ނަމަ އެވެ.

ފިންލޭންޑާއި ސްވިޑްން، މި ނިންމުން މި ނިންމީ އެކަން ނުކުރުމަށްރަޝިޔާ އިން ތަކުރާރުކޮށް އިންޒާރު ކުރަމުން ދަނިކޮށެވެ. ރަޝިޔާ އިން ބުނެފައިވަނީ ފިންލޭންޑާއި ސްވިޑްން، ނޭޓޯއާ ގުޅުމަކީ އެ ދެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ފިންލޭންޑާއި ސްވިޑެން ނޭޓޯއާއި ގުޅުމަށް އެދުނުކަން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލެންޓްބާގް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ޓެގްސް: ނޭޓޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.