އިންޑިއާގެ މަހުޖަނު، އަދި ޓާޓާ ކުންފުނީގެ ބާނީ ރަތަން ޓާޓާ، އެކުންފުނީ "ޓާޓާ ނެނޯ" ކާރުގެ ކުރީ ސީޓުގައި ޑްރައިވަރާއި އެކު، އެކަމަކު ސިކިއުރިޓީ އަކާއި ނުލައި

ވިޔަފާރި

ރަތަން ޓާޓާ ދުނިޔޭގެ އެންމެ އަގުހެޔޮ ކާރުގެ ކުރީ ސީޓުގައި، މުޅި އިންޓަނެޓް ސިއްސުވާލާއިފި

އަލީ އަޒްޔަން - އިންޑިއާ | 19 މެއި 2022 , ބުރާސްފަތި 13:58   673

އިންޑިއާގެ މުއްސަނދި މަހުޖަނު ރަތަން ޓާާޓާ (84އ) އަށް ތައުރީފު އޮއްސާލާ މުޅި ސޯޝަލް މީޑިއާ ބަންޑުން ކޮށްލައިފިއެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ އަގުހެޔޮ ކާރުގެ ކުރީ ސީޓުގައި ޑްރައިވަރާއި އެކު، އަދި ސިކިއުރިޓީ އަކާއި ނުލާ ދުއްވާފައިދާ ވީޑިއޯއެއް މުޅި އިންޓަނެޓްގައި ވައިރަލްވެއްޖެއެވެ.

ޓަޓާ ގުރޫޕްގެ އިސްވެރިޔާ އަދި ޗެއަރމަން އަކީ ހިތްތިރި އަދި އާދައިގެ ދިރިއުޅުމަކަށް ލޯބިކުރައްވާ ފަރާތެކެވެ.

ބީބީސީ ބުނާގޮތުން ޓާޓާ ކާރެއްގެ އަގަކީ އެންމެ 1366 ޕައުންޑެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 26،000 ރުފިޔާއެވެ.

ޓާޓާ އިން ވަނީ މީގެ ދެދުވަހެއް ވަރު ކުރިން ވެސް މިފަދަ ކާރެއްގެ މުހިއްމުކަމާއި ގުޅުވައިގެން ވާހަކަ ދައްކަވާފައެވެ. އަދި "ޓާޓާ ނެނޯ" ޚާއްޞަވާ ސަބަބުތައް ކިޔާ ދީފައެވެ. ޓާޓާއިން މިކާރު ފުރަތަމަ ބަޒާރަށް ނެރެފައިވަނީ 2008 ވަނަ އަހަރުއެވެ. މަޤްޞަދަކީ، "އިންޑިއާގެ އެންމެންނަށް ކާރު ދުއްވޭނެ ގޮތް ހަދާދިނުން" ކަމަށް ޓާޓާ އިން ބުނެފައިވެއެވެ.

ރިޕޯރޓްތައް ބުނާގޮތުން، ޓާޓާއިން މިހާރު މަސައްކަތްކުރަމުން އަންނަނީ އަލުން ރީލޯންޗުކޮށް، އިލެކްޓްރިކް ނޫނީ ބޮޑުބައި ޗާރޖުކޮށްގެން ދުއްވޭ ޒާތުގެ ކާރެއްގެ ގޮތުގައި ބާޒާރަށް ނެރޭށެވެ. މިއީ މުޅި ދުނިޔޭގައި ވެސް ފެތުރެމުން އަންނަ އޮއިވަރެކެވެ. ނަމަވެސް މިކަމުގައި އިންޑިއާއަށް ގޮންޖެހުންތައް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ޗާޖު ކުރާ ސްޓޭޝަންތައް މަދުކަމެވެ.

ޓެގްސް: އިލެކްޓްރިކް ކާރު ޓާޓާ ކުންފުނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.