ޔޫކްރެއިނާއި ރަޝިއާ ކުރަމުންދާ ހަނގުރާމާގައި ޒަމާނީ ލޭޒަރ ހަތިޔާރު ބޭނުންކުރަން ފަށައިފައިވާކަމަށް ރަޝިޔާއިން ކަށަވަރިކޮށްދީފިއެވެ.
މިކަމާބެހޭގޮތުން މައުލޫމާތު ދެމުން ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުން އުފައްދާފައިވާ ބާރުގަދަ ލޭޒަރަކީ ސެޓަލައިޓާއި ޑުރޯނާ ދެކޮޅަށް ބޭނުންކުރުމަށް ޚާއްޞަ ހަތިޔާރެއްގެ ގޮތުގައެވެ.
މިގޮތުން ދުނިޔެއާ 1،500 ކިލޯމީޓަރު ދުރުން އުދުހޭ ސެޓަލައިޓަށާއި ފަސް ކިލޯމީޓަރު ދުރުން އުދުހޭ ޑުރޯނާ ދެކޮޅަށް ކާމިޔާބުކަމާއެކު އެ ލޭޒަރ ބޭނުންކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ހަމައެހެންމެ އެ ލޭޒަރ ބޭނުންކޮށްގެން ވައިގެ ތެރޭގައި ޑުރޯނާއި އެ ނޫންވެސް އުޅަނދުތައް ގޮށްވާލުމުގެ ޤާބިލުކަން ރަޝިޔާގެ އަސްކަރިއްޔާއަށް ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރަޝިއާގެ މި އަސްކަރީ ފިޔަވަޅަށް ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރްޒެލެންސްކީވަނީ ހަޖޫޖައްސަވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ހަނގުރާމާގައި ރަޝިޔާއަށް ކުރިއެރުން ލިބެމުންނުދާތީ މޮޅެތި ހަތިޔާރުބޭނުންކުރަމުންދާކަމަށް ބުނަނީކަމަށެވެ. އަދި އެއީ ދެވަނަ ބޮޑުހަނގުރާމާގައި ނާޒީ ޖަރުމަންވިލާތަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުންއެ ޤައުމުންވެސް ބޭނުންކުރި އުކުޅެއްކަމަށް އޭނާ ވާހަކައިގައި ވޮދާޅުވިއެވެ.
2018ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިންއީޖާދުކޮށްފައިވާ ބައެއް ޒަމާނީ ހަތިޔާރުތަކުގެ ތެރޭގައި އެއް ބަރުން އަނެއް ބައްރަށް ފޮނުވާލެވޭ ވަރުގަދަ ބެލިސްޓިކްމިސައިލުތަކާއި އަޑަށްވުރެ އަވަހަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާހަތިޔާރުތަކާއި ކަނޑުއަޑީގައި ބޭނުންކުރެވޭ ނިޔުކްލިޔަރ ޑުރޯނާއި ލޭޒަރހަތިޔާރު ހިމެނެއެވެ. މި އީޖާދުތަކުގެ ތެރެއިން ޔޫކްރެއިނުގައި ހަނގުރާމާގައި ބޭނުމެއް ހަނގުރާމައިގެ މައިދާނަށް އެ ޤައުމުން ނެރެފައިވަނީ އަޑަށްވުރެ ފަސްގުނަބާރަށް ދަތުރުކުރައި މިސައިލާއި ލޭޒަރ ހަތިޔާރެވެ.