"ޝީ ހަލްކް" ޓްރެއިލާ ނެރެފި

މުނިފޫހިފިލުވުން

"ޝީ ހަލްކް" ޓްރެއިލާ ނެރެފި

ދާނިޝް - އެމެރިކާ | 20 މެއި 2022 , ހުކުރު 20:46   188

މާވެލްގެ އާ ސުޕަހީރޯ "ޝީ ހަލްކް"ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.

"ޝީ ހަލްކް" އަކީ މާވެލް ސިނެމޭޓިކް ޔުނިވާސްގެ އާ ފޭސްއިން މި އަހަރު ގެނެސްދޭ ތިންވަނަ ސުޕަހީރޯ ސީރީޒެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް މެދުވެރިކޮށް ނެރޭ ޝީ-ހަލްކް އަކީ ވަކި މުއްދަތަކަށް ނެރޭ ލިމިޓެޑް ސީރީޒެކެވެ. މި އަހަރު ޑިޒްނީ އިން "މޫން ނައިޓް ނެރެފައިވާއިރު އަންނަ މަހުގެ 8 ގައި "މިސް މާވެލް" ނެރޭނެ އެވެ.

"ޝީ ހަލްކް" ގެ ޓްރެއިލާއިން ފެންނަނީ ބްރޫސް ބެނާ "ދަ ހަލްކް" އާއި އޭނާގެ ކަޒިން އެކީގައި އުޅޭ އުޅުމެވެ. ހަލްކްގެ ކަޒިން ޖެނިފާ ވޯލްޓާސް އަށް ހަލްކްގެ ބާރު ލިބޭ ހިސާބުން ކަންތައްވާ ގޮތް ޓްރެއިލާ އިން ފެނިގެން ދެއެވެ.

މި ސީރީހުގައި ޖެނިފާ ވޯލްޓާސް އަކީ ވަކީލެކެވެ. އަދި ވަކީލެއް ގޮތުގައި ހަމަޖެހިގެން މަސައްކަތް ކުރުމަކީ އޭނާގެ ހުވަފެނެވެ. ނަމަވެސް އޭނާއަށް ލިބޭ ބާރުތަކުގެ ސަބަބުން އެކަންތައް ކުރަން ވަރަށް އުނދަގޫވެގެން ދެއެވެ.

"ޝީހަލްކްގެ" ރޯލުން ފެންނަނީ މަޝްހޫރު އެކްޓަރެސް ޓަޓިއާނާ މަސްލާނީ އެވެ. އޭގެ އިތުރުން މާކް ރަފަލޯ އާއި ޖަމީލާ ޖަމީލް އަދި ބެނެޑިކްޓް ވޮންގް ވެސް މި ސީރީޒުން ފެނިގެންދާނެއެވެ.

މި ސީރީޒް ސްޓްރީމް ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 15 އިން ފެށިގެންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.