އޭއެފްސީ 2023 ގެ އޭޝިއަން ފުޓްބޯލް ކަޕް ޖަޕާނުގައި ބާއްވާނެ ކަމުގެ ހަބަރުތަކެއް

ކުޅިވަރު

އޭއެފްސީ އޭޝިއަން ކަޕް 2023 ޖަޕާނުގައި؟

ދާނިޝް - އޭޝިއާ | 19 މެއި 2022 , ބުރާސްފަތި 23:57   218

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޗައިނާގައި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)، އޭޝިއަން ކަޕް ނުބޭއްވޭނެކަމަށް ޔަގީންވެ މުބާރާތް ބޭއްވުމުގެ ފުރުސަތު ޖަޕާނަށް ދިނުމަށް އޭއެފްސީއިން ވިސްނަމުންދާ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.

މީގެ ކުރިން އޭޝިއަން ކަޕް ޗައިނާގައި ބާއްވަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ 16 އިން ޖުލައި މަހުގެ16 ގެ ނިޔަލަށެވެ. ނަމަވެސް މިވަގުތު ކޮވިޑް-19 ހާލަތު އޮތްގޮތުން ޗައިނާގައި މުބާރާތް ނުބޭއްވޭނެކަން އެ ގައުމުން މިހާރު ވަނީ އޭއެފްސީއަށް އަންގާފައެވެ. މި ނިންމުމާ ގުޅިގެން މުބާރާތް ބާއްވާނެ އެހެން ޤައުމެއް ހޯދުމުގެ މަސައްކަތް އޭއެފްސީއިން ދަނީ ކުރަމުންނެވެ.

ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗެއާމަން ކޯޒޯ ޓަޝީމާ އާއި ހަވާލައިދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޖަޕާނަށް މި ފުރުސަތު ދިނުމަށް ޝައުގުވެރިވާ ކަމަށް އޭއެފްސީއިން ވަނީ ބުނެފައެވެ. ޖަޕާނުގައި އެންމެ ފަހުން އޭޝިއަން ކަޕް ބޭއްވިގެން ދިޔައީ 1992 ގައިކަން ފާހަގަކޮށްލެވެއެވެ.

2023 ގައި އޭޝިއަން ކަޕް ބާއްވާއިރު، މިހާތަނަށް 13 ގައުމެއް ވަނީ މުބާރާތަށް ކޮލިފައިވެފައެވެ. ބާކީ 11 ގައުމު ހޮވުމަށް ކުޅޭ ކޮލިފައިން ފަހު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައި އުޒްބެކިސްތާނުގައެވެ. ކޮލިފައިންގެ ގޮރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނިފައިވަނީ ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑާއެކު އެއް ގްރޫޕެއްގައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.