ކީރިތި ޤުރުއާން، މުސްލިމްތަކުންނަށް އޮތް އިލާހީ އަލިމަގެއް

ދީން

ޤުރުއާނުން ފެންނަން އޮތް 5 ދުޢާއެއް

އަލީ އަޒްޔަން - ދުނިޔެ | 20 މެއި 2022 , ހުކުރު 11:28   678

އުއްމަތުގެ މުސްލިމުންނަށް ޤުރުއާނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް މަގުދައްކާދޭ އިލާހީ ކަލާމްފުޅެވެ. މާތް ﷲ އެޤުރުއާނުގައި އެކަލާނގެ ޙަޒްރަތުން ކަންކަމަށް އެދި ދުޢާކުރުމަށާއި ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަށް އަންގަވާފައިވެއެވެ.

ހަމަ މިއާއިއެކު އެކަލާނގެ ހުރިހާއެއްޗެއް އައްސަވާވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. ކޮންމެ ތަނެއްގައި، ކޮންމެ ސާތެއްގައި ވިޔަސްމެއެވެ. އަދި އެކަލާނގެ އަޅުތަކުންގެ ދުޢާ ޢިޖާބަކުރައްވާނެކަމަށް އަންގަވާފައިވެއެވެ. އެހެންކަމުން ދުޢާކުރުމަކީ މުސްލިމާގެ ޢަޤީދާއާއި ވަރަށްބޮޑަށް ގުޅިފައިވާކަމެކެވެ. ކީރިތި ޤުރުއާނުގައި ކީރިތި ރަސޫލާއި އާއި އެކަލޭގެފާނުގެ ޞަޙާބީން ބޭނުންކުރައްވާފައިވާ ކިތަންމެ ދުޢާއެއް ވެއެވެ.

މިފަހަރު މިތާނގައި މިހިމަނާލަނީ އޭގެތެރެއިން 5 ދުޢާއެކެވެ.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

~ Quran 14:40-41

މާނައީ، އަޅަމެންގެ ވެރި ރަސްކަލާނކޮ! މިދުނިޔެއާއި އާޚީރަތުގައިވެސް ހެޔޮގޮތް މިންވަރުކުރައްވައި، އަޅަމެން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރައްވާފާނދޭވެ.

މިދުޢާއަކީ އިބްރާހިމްގެފާނު ކުރެއްވި ދުޢާއެކެވެ. ޢާއިލާއާއި ދަރިފަސްކޮޅަށް ހެޔޮ ރަޙމަތް ލެއްވުން އެދި މިދުޢާ ކުރެވިދާނެއެވެ.

هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ

~ Quran 3:38

މިދުޢާއަކީ زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވި ދުޢާއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ

وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَـٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ ١٢٧

~ Quran 2:127

އަދި إبراهيم ގެފާނާއި إسماعيل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ۝٦

~ Quran 66:11

އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ.

وَضَرَبَ ٱللَّهُ مَثَلًۭا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًۭا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ١١

~ Quran 25:74

އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

މިއީ މާތް ﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުމަށާއި، ނުލަފާ އަދި އަނިޔަވެރިންގެ ކިބައިން ސަލާމަތްވުމަށް ކުރެވިދާނެ ދުޢާއެކެވެ.

ޓެގްސް: ދުޢާ ކުރުން އިސްލާމްދީން ކީރިތި ޤުރުއާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.