މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑު - ރޮއިޓާސް

ހަބަރު

11 ޤައުމަކުން "މަންކީ ޕޮކްސް" ގެ 80 ކޭސް : ޑަބްލިއުއެޗްއޯ

އަލްމާ - ދުނިޔެ | 21 މެއި 2022 , ހޮނިހިރު 10:34 1   357

ސްމޯލްޕޮކްސްގެ ވައްތަރެއްކަމަށްވާ، މަންކީޕޮކްސް ގެ ކޭސްތައް ދުނިޔޭގެ 11 ޤައުމަކުން ފެންނަން ފަށައިފިއެވެ. މިގޮތުން މިހާތަނަށް 80 އަށް ވުރެ ގިނަކޭސްތައް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ. އެއިދާރާއިން މިކަން ހާމަކޮށްފައިވަނީ ނެރެފައިވާ ބަޔާނެއްގައެވެ.

މަންކީޕޮކްސްގެ އިތުރު ކޭސްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެންނަނާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

ޤައުމުތަކުގެ ނަން ހާމަނުކޮށް ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އިތުރު 50 ކޭހަކަށް ޝައްކުކުރެވި، ޓެސްޓުކުރެވެމުން ދާކަމަށެވެ. މީގެ ކުރިން ފެނުނު ޤައުމުތަކުގެތެރެއިން ޔަޤީންވެފައިވާ ޤައުމުތަކުގެތެރޭގައި އިޓަލީ، ސްވީޑްން، ސްޕެއިން، ޕޯޗުގަލް، އެމެރިކާ، ކެނެޑާ، އަދި އިނގިރޭސިވިލާތް ހިމެނެއެވެ. މީގެތެރެއިން، ޔޫރަޕުން މިފަދަ ކޭހެއް ފުރަތަމަ ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ.

އިނގިރޭސިވިލާތުން މީގެ ކެހޭއް ފުރަތަމަ ފެނިފައިވަނީ މޭއި މަހުގެ 7 ވަނަ ދުވަހުއެވެ.

ޢާއްމުގޮތެއްގައި މިބައްޔަކީ އެފްރިކާގެ ސަރަޙައްދުތަކުން މަދުމަދުން ފެންނަ ބައްޔެކެވެ. މިބައްޔަކީ ވައިރަލް އިންފެކްޝަނެއްގެ ގޮތުގައި ފެތުރޭ ބައްޔެކެވެ. ވެކްސިން ދިނުމަށްފަހު ބަލިން ރަނގަޅުވާން 14 ދުވަހާއި 21 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

މަންކީޕޮކްސް އަށް ސީދާ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވެއެވެ. ނަމަވެސް މިހާރު ޤައުމުތަކުން ބޭނުންކުރަމުންދާ ވެކްސިނުން 80 ޕަސެންޓުވަރު ފުރާނަ ސަލާމަތްކޮށްދޭކަމަށް ވެއެވެ.

މަންކީޕޮކްސް ހަށިގަނޑަށް ފަތުރާ ވައިރަސް

މިބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ، ބަލިޖެހޭ މީހުންގެ ގައިން ނިޝާން ފެންނާތީ، އޭގެ ސަބަބުން އެ މީހުން މުޖުތަމައުގައި އެކަހެރި ކުރެއެވެ. އެހެންވެ ގިނަ ބަޔަކު ބަލިޖެހުނަސް ސިއްރުކުރަން މަސައްކަތް ކުރެއެވެ. މިއީ ބަލި ފެތުރެން ދިމާވާ މައިގަނޑު އެއް ސަބަބެވެ.

މިބަލީގެ ނުރައްކާ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ބޮޑުކަމުގައި ކަމާއި ގުޅޭ އިދާރާތަކުން އިންޒާރު ދީފައިވެއެވެ.

މި ބަލި ފެތުރެމުންދާތީ، ޔޫރަޕްގެ ޤައުމުތަކުން ފިޔަވަޅު އަޅައި، ވެކްސިން ގަނެ ރައްކާކުރަން ވަނީ ފަށާފައެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.