ތިނަދޫ ކަކުންސިލް

ހަބަރު

ތިނަދޫ ގައި ސަރަޙައްދީ ބޯހިޔާވަހިކަމުގެ އުއްމީދީ ޕްރޮޖެކްޓެއް

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 21 މެއި 2022 , ހޮނިހިރު 12:17 1   590

ގދ. ތިނަދޫ ކައުންސިލުން ވަނީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނާއި ގުޅޭ ސާވޭއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައެވެ.

މިސާވޭގެ މުއްދަތުގައި، ޖުމްލަ 700 އަށް ވުރެގިނަ ފަރާތްތަކުން ތިނަދޫއިން ބޯހިޔާވަހިކަމަށް އެދޭކަމަށް ބުނެފައިވެއެވެ. މީގެތެރޭގައި، ތިނަދޫގައި ދިރިއުޅޭ މީހުންގެ އިތުރުން، ކައިރި އަތޮޅުތަކާއި، މާލޭގައި ދިއުޅޭ މީހުންވެސް ހިމެނެއެވެ.

އެހެންކަމުން މި ލިބުނު މަޢްލޫމާތުގެ އަލީގައި، ތިނަދޫ ކައުންސިލުން ވަނީ ސަރުކާރާއި ގުޅިގެން ޕްލޭންތަކެއް އެކުލަވާލައި، ފޭސްތަކަކަށް ބަހާލައިގެން މަސައްކަތްކުރިއަށް ގެންދާނެގޮތުގެ ތާވަލެއް ވެސް އެކުލަވާލައިފައެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ ވިދާޅުވީ، ތިނަދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށާއި ތިނަދޫގެ އާބާދީ އިތުރުކުރުމަށްޓަކައި، ގިނަ ވިސްނުންތަކަކަށްފަހު ޕްލޭންތަކެއް އެކުލަވާލައްވާފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް 200 ރޯހައުސް އެޅުމުގެ މަސަކައްތަށް ބީލަން ހުޅުވާލުން މޭއި މަހުގެ 30 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. މިކަމާއިގުޅޭ އިޢްލާން ގެޒެޓްކޮށްފައި ވެއެވެ.

އަޅުގަނޑުމެން ބޯހިޔާވަހިކަމަށް ކަމަށް ބޭނުންވާމީހުން ބެލުމަށްޓަކައި ކުރި ސާވޭއިން އެނިގެންދިޔަ، އެތަށް ސަތޭކަ ބަޔަކު އެކަމަށް އެދިއެދި ތިބިކަން. އޭގެތެރޭގައި ތިނަދޫގައި ވަޒަންވެރިވާން ބޭނުންވާ މީހުންވެސް ހިމެނޭ. އަޅުގަނޑުމެން ބޭނުންވޭ ތިނަދޫގެ އާބާދީ އިތުރުކޮށް، ރަނގަޅުފެންވަރެއްގެ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދޭން. އަދި ފުދުންތެރިކަން އިތުރުވާންވެސް.

~ ސަޢުދު ޢަލީ - ތިނަދޫ ކައުންސިލްގެ ރައީސް.

ފިނޭންސް މިނިސްޓީން ތައްޔާރުކޮށްފައިވާ، މިޕްރޮޖެކްޓާއި ގުޅޭ މަޢްލޫމާތު ހިމެނޭ ކުރެހުމެއް

ސައުދު އިތުރަށް ވިދާޅުވީ ތިނަދޫގެ ގެއްލުވާލާފައިވާ ޠާރީޚް އަލުން ހޯދައި އިންސާފުހޯދުމަށް ހުށަހަޅާފައިވާ މައްސަލާގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި ނައްތާލެވިފައިވާ ތިނަދޫގެ އާބާދީ އިޔާދަކުރައްވަން މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެ ކުރިން މާލޭގައި ދަފްތަރު ހެދުމުގެ ސަބަބުން ވެސް ރަށްރަށުގެ އާބާދީތަކަށް އޭގެ ނުރަނގަޅު އަސަރުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ، ދަފްތަރުގައި ޖެއްސުން މަޑުޖައްސާލައި ލާމަރުކަޒުކޮށް ސަރުކާރުގެ ހިންގުމާއި ވަޞީލަތްތައް ފެތުރުމަށް މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

ތިނަދޫގައި މިހާރު ހަދަން އިޢްލާނުކޮށްފައިވާ ރޯހައުސްތައް ހަދަން ނިންމާފައިވަނީ، އަލަށް ހިއްކާފައިވާ ސަރަޙއްދުގައެވެ. ތިނަދޫގެ ޓާޝިއަރީ ހޮސްޕިޓަލް ވެސް އަޅަން އޮތީ އެސަރަޙައްދުގައެވެ.

ތިނަދޫގެ އުތުރު ފަޅިން 51 ހެކްޓަރ، އަދި ދެކުނު ފަޅިން 4 ހެކްޓަރު ބިން ހިއްކައި، ރިވެޓްމެންޓް ޖެހުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ފެނަކަ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ޓެގްސް: ތިނަދޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.