މިރޭ އޮންނަ ބައްދަލުވުމަށް ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ދަޢުވަތު

ހަބަރު

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރުން މިރޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 މެއި 2022 , ހޮނިހިރު 12:46   724

އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭނުންވާކަމަށް ބުނެފައެވެ. ކައުންސިލުން ތައްޔާރުކޮށްފައިވާ ދަޢުވަތުގައިވާގޮތުން މިބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެރޭ (މިރޭ) އައްޑޫ ހައި ސްކޫލްގައެވެ.

މިބައްދަލުވުން ފެށޭނީ މިރޭ 8.30 ގައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކުން އަހަރެއްގެތެރޭ ވަކި ޢަދަދަކަށް ބައްދަލުވުންތަކެއް ބާއްވާ ކައުންސިލްތަކުގެ އެންމެހައިކަންކަން ރައްޔިތުންނާއި ޙިއްސާކުރަން ޖެހެއެވެ. ބަޖެޓް ފާސްކުރުމާއި، ޢާއްމު ބައްދަލުވުންތައް ވެސް މީގެތެރޭގައި ހިމެނެއެވެ.

ނަމަވެސް މިފަހަރު މިބޭއްވޭ ބައްދަލުވުން ބޭއްވެނީ ސީދާ ކޮންކަމަކާއި ގުޅިގެން ކަމެއް ކައުންސިލުން ތައްޔާރުކޮށްފައިވާ ދަޢުވަތުން އެނގޭކަށް ނެތެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.